އަދަދު ނޫހުން ޝާއިޢު ކުރި ބައިލައްކަ ޑޮކިޔުމެންޓްރީ އާއި ގުޅިގެން އަލީ އާރިފް އާއި ޚަލީލް އާއި ހީނާ ޕީއެންސީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނާއި ބައްދަލުކޮށް ހުތުރުކޮށް އެއްޗެހި ކިޔައިފިއެވެ.
މި ޑޮލިޔުމެންޓްރީ އާއި ގުޅިގެން ކުއްލި ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ބައްދަލުވުމުގައި ސިޔާސީ އެތައް ބަޔަކު ތިބި އިރު, ރައީސް މުއިއްޒުގެ ދިފާޢުގައި ސޯޝަލް މީޑިޔާގައި މަސައްކަތް ނުކުރާ މައްސަލަ ވަރަށް ބޮޑަށް ވަނީ ގޯސް ވެފައެވެ.
މިއަތުން ސޮއެ ކުރީ ކިތައް ސިޔާސީ މީހުންގެ ވަޒީފާ ޗިޓް ކަމެއްވެސް މިހާރަކު ހަނދާނެއް ނެތް. ނަމަވެސް ރައީސްގެ ޓްވީޓް އެއް ރިޓްވީޓް ކޮށްލާނެ މީހަކުވެސް މިހާރަކު ނުވޭ
އަލީ އާރިފް ވިދާޅުވި ކަމަށް މި ބައްދަލުވުމަށް ވަޑައިގެންނެވި ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައެވެ.
މުއިއްޒުގެ ފަރާތުން ރައީސް އޮފީސް މިނިސްޓަރ ޚަލީލްއާއި ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރ ކުރިމަތި ވެފައިވާ ކަމަށާއި, މުއިއްޒުގެ ތާޢީދު ގެއްލި ސޯޝަލް މީޑިޔާގައި މުއިއްޒަށް ޓްވީޓް ތައް ރިޓުވީޓް ނުކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށް އޭނާ ހާމަ ކުރިއެވެ.
މި ބައްދަލުވުމުގައި, ޚަލީލު ވަނީ ރައީސް މުއިއްޒު ބިރުގަތީ ނޫން ކަމަށާއި, ތުރުތުރު އެޅީއެއްވެސް ނޫން ކަމަށް އަދި ގުޑުގުޑެއް ނާޅާ ކަމަށް ބުނެފައެވެ. ޚަލީލުގެ މި ރައްދަކީ “ބައިލައްކަ” ނަމުގައި އަދަދުން ގެނައި ޑޮކިޔުމެންޓްރީ އާއި ގުޅިގެން ސަރުކާރުން އެވަރަށް ތުރުތުރު އަޅަނީ އެކަމުގައި ހަޤީގަތެއް އޮތުމުން ކަމަށް ރައީސް ޔާމީން ވިދާޅުވުމުން, ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.
ބައްދަލުވުން ނިންމާލާފައި ވަނީ, މި ބައްދަލުވުމަށް ހާޒިރުވި އެންމެންގެ ނަމާއި, އައިޑީ ކާޑު ނަންބަރާއި, ފޭސްބުކް އަދި ޓްވިޓަރ އަދި ޓިކްޓޮކް އައިޑީ ނަގައިގެންނެވެ.
ރައީސް މުއިއްޒުގެ ތާޢީދު ފަނޑުވެ, ޕީއެންސީގެ ސިޔާސީ ފަރާތްތަކުން އެމަނިކުފާނުގެ ދިފާޢުގައި ޓްވީޓް ކުރައްވަން ބޭނުން ނުވަނީ, މުއިއްޒު ދޮގު ހައްދަވާލެއް ގިނަ ކަމުންނާއި, މުއިއްޒު ކުރާ ކަމެއްގެ ދިފާޢުގައި ނިކުމެ ސޯޝަލް މީޑިޔާގައި ވާހަކަ ދައްކަނިކޮށް, އެކަން އިނދިކޮޅުން ބޭނުންވާ ގޮތަށް ނިންމުން ފަދަ ކަންކަން ކުރުމުން ސޯޝަލް މީޑިޔާގައި އެކްޓިވިސްޓުން ލަދުގަންނަން ޖެހިފައި ވާތީ ކަމަށް ޕީއެންސީ ބައެއް ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ދިޔަވަރު ނޫހަށް ހާމަ ކޮށްފައިވެއެވެ.