ޚަބަރު

ޗައިނާގެ އެސްޑީއައިސީ އިންޓެލިޖެންސް ޒިއަމެން ކުންފުނިން ނުރައްކާތެރި ޖާސޫސީ ވަސީލަތްތަކެއް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަ ދެކެވެން ފަށައިފި

ދިޔަވަރު
ޗައިނާގެ އެސްޑީއައިސީ އިންޓެލިޖެންސް ޒިއަމެން ކުންފުނިން ނުރައްކާތެރި ޖާސޫސީ ވަސީލަތްތަކެއް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަ ދެކެވެން ފަށައިފި

ޗައިނާގެ އެސްޑީއައިސީ އިންޓެލިޖެންސް ޒިއަމެން ކުންފުނިން ނުރައްކާތެރި ޖާސޫސީ ވަސީލަތްތަކެއް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަ ދެކެވެން ފަށައިފިއެވެ. މި ވާހަކަތައް ދެކެވެން ފަށާފައި މިވަނީ, ގައްސާން މައުމޫނު ޗައިނާގައި އޮތް “ވޯލްޑް ޕަބްލިކް ސެކިޔުރިޓީ ފޯރަމް” ގައި ބައިވެރި ވަޑައިގަންނަވަމުން ދަނިކޮށެވެ.

މިފަދަ އާލާތްތަކެއް ޗައިނާ ފަދަ ރައްޔިތުންނަށް ބިރު ދައްކައިގެން ވެރިކަން ކުރާ ގައުމެއް އަތުން ގަނެ, ރާއްޖޭގައި ބޭނުން ކުރުމަށް ސަރުކާރުން ވިސްނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ދުރުން އަޑާއި މަންޒަރު ހޯދޭ ކަހަލަ ވަސީލަތެކެވެ. މިއީ މާ ދުރުގައި ތިބެ, ރައްޔިތުން ދައްކާ ވާހަކަ އަޑުއަހައި ޖާސޫސު ކުރުމަށް ބޭނުން ކުރާ ވަސީލަތެކެވެ.

މިފަދަ ވަސީލަތެއް ސަރުކާރުން ހޯދުމުގެ މައިގަނޑު ބޭނުމަކީ އިނދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވައި, ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރުމަށެވެ.

ރާއްޖެ މާލީ ގޮތުން ދަތި ހާލެއްގައި ވަނިކޮށް, މާލީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ނުކޮށް, އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ރައްޔިތުންނަށް ޖާސޫސްކޮށް, ސިޔާސީ މަސައްކަތް ހުއްޓުވައި, އަނިޔާވެރިވުމަށް ވަސީލަތްތައް ގަތުމަށް މަސައްކަތް ކުރަމުން ދިޔުމަކީ މުއިއްޒަށް އޮތް ތާއީދު އިތުރަށް ހީނަރުވެގެން ދާނެ ކަމެކެވެ.