ޚަބަރު

8 މިލިއަން ރުފިޔާގެ ކަޓެއް ނަގައިގެން މާކެޓް ރޭޓަށް ވުރެ 3 ގުނަ ބޮޑުކޮށް ފެނަކައިން އާރުއޯ ޕްލާންޓެއް ގަނެފި

ދިޔަވަރު
8 މިލިއަން ރުފިޔާގެ ކަޓެއް ނަގައިގެން މާކެޓް ރޭޓަށް ވުރެ 3 ގުނަ ބޮޑުކޮށް ފެނަކައިން އާރުއޯ ޕްލާންޓެއް ގަނެފި

8 މިލިއަން ރުފިޔާގެ ކަޓެއް ނަގައިގެން މާކެޓް ރޭޓަށް ވުރެ 3 ގުނަ ބޮޑުކޮށް ފެނަކައިން އާރުއޯ ޕްލާންޓެއް ގަނެފިއެވެ. މި ޕްލާންޓް ފެނައަކަށް ސަޕްލައި ކޮށްފައި ވަނީ, މުއާޒު އާއި ގާތް ގުޅުމެއް އޮންނަ އެޗްކިއު ހޯލްޑިންގ ކިޔާ ކުންފުންޏަކުން ކަމަށް މައުލޫމާތު ލިބެއެވެ.

13.6 މިލިއަން ރުފިޔާއަށް މި އާރުއޯ ޕްލާންޓް ގަނެފައި ވާއިރު, މިއީ މާކެޓް ރޭޓަށް ވުރެ 3 ގުނަ ބޮޑު އަދަދެއް ކަމަށް ފެނަކައިން ދިޔަވަރު ނޫހާއި މި މައުލޫމާތު ހިއްސާކުރި ފަރާތުން ސާފު ކޮށްދިނެވެ.

މި އާރު އޯ ޕްލާންޓް ގަތުމަށް %15 އެޑްވާންސް ކޮށް ފެނަކައިން އެޗްކިއު ހޯލްޑިންގްސް އަށް ފައިސާ ދީފައިވާއިރު, ރާއްޖޭގެ ގިނަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ފެނަކައިން ދަނީ ނުދީ ހިފަހައްޓާފައެވެ.

އާންމުކޮށް ފެނަކައިން އާރުއޯ ޕްލާންޓް ގަތުމުގެ ކުރިން, އެމްޑަބްލިއު އެސްއީ ފަދަ ތަންތަނުން އަގު ހޯދައެވެ. ފެނަކައިން މުއާޒު މި ޖަރީމާ ހިންގާފައިވަނީ އީޕީއާރު އުސޫލުގެ ތެރެއިން އެހެން އެއްވެސް ކުންފުންޏަކުން އަގު ނުހޯދައެވެ. އީޕީއާރު އުސޫލު މި ސަރުކާރުގެ ގިނަ ކުންފުނިތަކުން ގެންގުޅެނީ ވައްކަން ކުރުމުގެ ބޭނުމުގައެވެ.

މި އާރުއޯ ޕްލާންޓް ގަތުމަށް އެގްރިމެންޓްގައި ސޮއެ ކޮށްފައި ވަނީ 8 ސެޕްޓެމްބަރ 2024 ގައެވެ. މިކަންކަން މުއާޒު ކުރަނީ ރައީސް މުއީޒަށް ވެސް ބައި އެޅޭ ގޮތަށެވެ.

މި އެއްބަސްވުމުގައި ވާގޮތުން 13.6 މިލިއަން ރުފިޔާގެ ތެރެއިން 10 މިލިއަން ރުފިޔާ ޑެލިވަރީ ނޯޓުގައި ސޮއެ ކުރާ ހިސާބުން ދޫކުރެވޭނެއެވެ. ނަމަވެސް, އާރުއޯ ޕްލާންޓް ތައްޔާރު ކޮށް ނުނިމެނީސް މުއާޒު ވަނީ މި ފައިސާ އަވަސް އަރުވާލައިގެން ދޫކޮށްފައެވެ.

މި އާރުއޯ ޕްލާންޓަކީ ގދ. ތިނަދޫ އަށް ފޮނުވުމަށް ގަތް އާރުއޯ ޕްލާންޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފެނަކަ އެސްޓީއޯއަށް ބަދަލު ކުރުމުގެ މަސައްކަތް ހުއްޓުވުމަށް 2025 ގެ ޖެނުއަރީގެ ކުރިން މުއިއްޒަށް 100 މިލިއަން ހޯދަ ދިނުމަށް ފެނަކައިން މުއާޒު ދަނީ މަސައްކަތް ކުރަމުންނެވެ. މުއާޒު މި މަސައްކަތް ކުރަނީ މިއަދަދު ހޯދުމަށް މުއިއްޒު މި ގޮތަށް އެދިގެންނެވެ.