ޚަބަރު

ރަޝިޔާގައި އޮތް ޓުއަރިޒަމް ފެއަރ އަށް ނުދިޔުމަށް ރައީސް އޮފީހުން ޓުއަރިޒަމް މިނިސްޓަރ އަށް އަންގައިފި

ދިޔަވަރު
ރަޝިޔާގައި އޮތް ޓުއަރިޒަމް ފެއަރ އަށް ނުދިޔުމަށް ރައީސް އޮފީހުން ޓުއަރިޒަމް މިނިސްޓަރ އަށް އަންގައިފި

ރަޝިޔާގެ މޮސްކޯގައި އޮތް 17 ސެޕްޓެމްބަރ 2024 ގައި އޮތް ޓުއަރިޒަމް ފެއަރ އަށް ދިޔުމަށް ޓުއަރިޒަމް މިނިސްޓަރ ފައިސަލް ތައްޔާރުވެވަޑައިގެން ހުންނަވަނިކޮށް އެކަން ރައީސް އޮފީހުން ހުއްޓުވައިފިއެވެ.

ރައީސް މުއިއްޒުގެ އެންގުމަށް މިކަން ހުއްޓާލާފައި ވަނީ އިތުރަށް ރާއްޖެއިން ބޭރުގައި އަދުރޭގެ ދަރި ޓުއަރިޒަމް މިނިސްޓަރ ފައިސަލް ވާހަކަ ދައްކައިގެން ރާއްޖެ ފަލީހަތް ވެދާނެތީ ކަމެއް ނުވަތަ އެމެރިކާއާއި އިޒުރޭލު ދެކެ ގަންނަ ބިރުން ކަމެއް ސާފެއް ނުވެއެވެ.

ބައެއް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ސަރުކާރުން އަދުރޭގެ ދަރީގެ މި ދަތުރު ހުއްޓުވާފައި ވަނީ, އެމެރިކާ މިކަމާއި ނުރުހުން ވެދާނެ ކަމަށް ބުނެ, އަދުރޭގެ ދަރި މި ދަތުރަށް ނުފޮނުވުމަށެވެ. ކޮންމެ ފަހަރަކު ރާއްޖެއިން ބޭރުގައި އޮންނަ ފެއަރ ތަކަށް ގޮސް ރާއްޖޭގެ ރީތި ނަމަށް އަސަރު ކުރަމުން ދާތީ ރައްޔިތުންގެ ފާޑު ކިޔުން އިތުރުވެ, ބައެއް ކެބިނެޓް ވަޒީރުން ވަނީ އަދުރޭގެ ދަރި މި ފަދަ ހަފްލާތަކަށް ނުފޮނުވުމަށް ރައީސް މުއިއްޒަށް ދަންނަވާފައެވެ.

ރަޝިޔާއިން ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރާއިރު, ރާއްޖޭގެ ގިނަ ރައްޔިތުން ދެކެނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގައި ރަޝިޔާގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ނޭޓޯއިން ރަޝިޔާއާއި ދިމާލަށް ނޭޓޯ ފުޅާކުރުމުގެ މަސައްކަތް ކުރާ ކުރުމަކީ އެމެރިކާއާއި, އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލެއް ގޮތުގައެވެ. އަދި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކާއި އެކުވެސް ރަޝިޔާގެ އިޤްތިސާދު ދަނީ ކުރިއަރަމުންނެވެ.