ޚަބަރު

އަރަބިއްޔާގައި ކުޑަ ކުދިންނާއި ބެހުނު ޒަމްޒަމް ފާރިޝްގެ މައްސަލަ މުއިއްޒުގެ ނުފޫޒުން ބޭރުކޮށްލައި މުއިއްޒު އަންގައިގެން އޭނާއަށް ޕްރޮމޯޝަން ދީފި

ދިޔަވަރު
އަރަބިއްޔާގައި ކުޑަ ކުދިންނާއި ބެހުނު ޒަމްޒަމް ފާރިޝްގެ މައްސަލަ މުއިއްޒުގެ ނުފޫޒުން ބޭރުކޮށްލައި މުއިއްޒު އަންގައިގެން އޭނާއަށް ޕްރޮމޯޝަން ދީފި

އަރަބިއްޔާގެ އަންހެން އަދި ފިރިހެން ކުދިން ހިމެނޭހެން އެތައް ކުޑަކުދިންތަކަކާއި ބެހިފައިވާ ޒަމްޒަމް ފާރިޝްގެ އެ މައްސަލަ މުއިއްޒުގެ ނުފޫޒުން ބޭރުކޮށް, އޭނާއަށް ނެޝަނަލް އިސްޓިޓިއުޝަން އޮފް އެޑިއުކޭޝަން އަށް އައްޔަން ކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ކުޑަ ކުދިންނާއި ބެހުނު މީހަކަށް މިފަދަ މަތިވެރި ލަގަބެއް ވެރިކަމަކުން އެރުވި ފުރަތަމަ ފަހަރެވެ. އޭނާ އާއި މިހާރު ހަވާލު ކޮށްފައި ވަނީ, ދިވެހި ކުޑަ ކުދިން ކިޔަވާ މަންހައްޖު އެކުލަވާލުމެވެ. މިއީ ޓިޗަރަކުން މުއިއްޒު އޭނާ ޕްރޮމޯޓްކޮށް ދިން ބޮޑު ލަގަބެކެވެ. މި ފަދަ ކަންކަން މީގެ ކުރިން ހިނގާފައިވަނީ މާތްالله އެބައެއްގެ މައްޗަށް ކޯފާލެއްވި ސަދޫމުގައެވެ. މާތްالله ވަނީ އެ ޤައުމަށް ކޯފާ ފޮނުވައި އެފުށް މުފުށަށް ޖައްސަވާފައެވެ.

ޒަމްޒަމް ފާރިޝް ކުޑަ އަންހެން އަދި ފިރިހެން ކުދިންނާއި ބެހިފައިވާ ބެލެނެވެރިންނާއި, އެޑިޔުކޭޝަން މިނިސްޓްރީ ހިމެނޭހެން އޭނާގެ މައްސަލަ ފުލުހަށް ހުށައަޅާފައިވެއެވެ. ނަމަވެސް 30 ނޮވެމަބަރ 2023 އިން ފެށިގެން އެމައްސަލައަށް މުއިއްޒުގެ ސަރުކާރުގެ ސީދާ ނުފޫޒު ފޯރުވަމުން ދާކަމަށް އަދި އޭނާ އެމައްސަލަތަކުން ބަރީއަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަ ހަސަން ކުރުސީ ވަނީ ސޯޝަލް މީޑިޔާގައި އާންމުންގެ ސަމާލު ކަމަށް ގެނެސްފައެވެ. ކަން ހިނގާފައިވަނީވެސް ހަމަ އެހެންނެވެ.

މި މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ކުރީގެ ސަރުކާރުގެ މުއްދަތު ނޮވެމްބަރު މަހުގެ 17 އަށް ހަމަވެ، އާ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭގެ ތިން ދުވަސް ފަހުން ނޮވެމްބަރު މަހުގެ 19 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ މި މައްސަލާގައި ސްކޫލް ކުދިންގެ ހައްޤުގައި މަސައްކަތް ކުރަމުގެ ބަދަލުގައި އަމަލު ކޮށްފައިވަނީ ކުޑަކުދިންނާއި ބެހޭ ފާރިޝްގެ ދިފާޢުގައެވެ.

މި މައްސަލާގައި ޒަމްޒަމް ފާރިޝްގެ ފަރާތުން އަނިޔާ ލިބިފާ ކުދިންނަށް ބިރު ދެއްކުމަށް، ފުރުޞަތު ދިނުމަށް އާ އެޑިއުކޭޝަން މިނިސްޓަރ އޭނާ ސަސްޕެންޑް ނުކޮށް ހުރިކަމަށް ދިޔަވަރު ނޫހަށް އޭރު މައުލޫމާތު ލިބިފައިވެއެވެ.

ފުލުހަށް ހުށަހެޅި މި މައްސަލައިގެ ތަހުގީގު ހިނގާފައިވާއިރު, ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބަޔާންތަކުން ޒަމްޒަމް ފާރިޝް ކޮށްފައިވާ ފާހިޝް އަމަލުތައް އެނގެން އެބަހުއްޓެވެ. އަދި އެ ދަރިވަރުން ވަނީ ބޮޑެތި ތުހުމަތުތަކެއް އޭނާ އަށް ކޮށްފަ އެވެ. ނަމަވެސް މުއިއްޒުގެ ނުފޫޒުން އޭނާއާއި އެއްކޮޅަށް މައްސަލަ ނިންމައި, އަރަބިއްޔާ ސްކޫލަކީ އެފަދަ އެހެން ޓީޗަރުންނަށް އެ ކުދިންނާއި ބެހެވޭނެ މާހައުލެއްކަމަށް އެކުދިންނަށް އިހްސާސް ކުރުވަ ދީފިއެވެ. އަދި މިފަދަ ޝައިތޯނުންގެ ކިބައިން ސަލާމަތް ވާނެ މަގެއް މި އިސްލާމީ ޤައުމުގައި ނެތިވެ, އަދުލު އިންސާފު ނިޒާމު މުއިއްޒު މިވަނީ ކުށްވެރިންނަށް ހުރި ސުވަރުގެއަކަށް ހަދާފައެވެ.