ޚަބަރު

ބީއެމްއެލްގެ ޗެއާމަން ކަމަށް މުއިއްޒުގެ ކެބިނެޓު ސެކްޓްރީ އަލީ ހަބީބު އައްޔަނުކުރަން މުއިއްޒު އަންގައިފި. BML އަކީ ސިޔާސީ މީހުން އައްޔަން ކުރާ ކުޅޭ ކުޅޭ ތަނަކަށް ހަދައިފި!

ދިޔަވަރު
ބީއެމްއެލްގެ ޗެއާމަން ކަމަށް މުއިއްޒުގެ ކެބިނެޓު ސެކްޓްރީ އަލީ ހަބީބު އައްޔަނުކުރަން މުއިއްޒު އަންގައިފި. BML އަކީ  ސިޔާސީ މީހުން އައްޔަން ކުރާ ކުޅޭ ކުޅޭ ތަނަކަށް ހަދައިފި!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަލީ ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހަޅައިފި އެވެ. 

ބީއެމްއެލްގެ ހިއްސާދާރުންނަށް ފޮނުވި ލިޔުމެއްގައިވާ ގޮތުގައި، މިހާރު ހުށަހަޅާފައިވާ ދެ މީހުންގެ އިތުރުން ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހެޅީ ބޭންކުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުންނެވެ. 

ބޭންކުގެ ހިންގާ ގަވާއިދުގެ 49 މާއްދާގައި އޮންނަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަމާމުތަކަށް އައްޔަނުކުރުމަށް ހުށަހަޅާ ޑިރެކްޓަރުންގެ އަދަދު ހުސްވެފައިވާ މަގާމުތަކުގެ އަދަދާ އެއްވަރުވާ ހާލަތުގައި ނުވަތަ މަދުވާ ހާލަތުގައި، ކުންފުނީގެ ހިއްސާދާރުންނަށް އެ މަގާމުތަކަށް ޑިރެކްޓަރުންގެ ނަން ހުށަހެޅީދާނެ ކަމުގަ އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އެޕޮއިންޓްމަންޓު، ނޮމިނޭޝަން އެންޑް ރެނިއުމަރޭޝަން ކޮމިޓީން ހަބީބަކީ ބޭންކުގެ ބޯޑަށް އައްޔަނުކުރަން ގާބިލު ކަމަށް ފާސްކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ޗެއަރމަން އަކަށް ކަމަށް ޤާބިލު ނޫން, މިފަދަ ސިޔާސީ މީހަކު އައްޔަން ކުރަން މިއީ ވެރިއަކު އެންގި ފުރަތަމަ ފަހަރެވެ. މިއީ އެމްއެމްޕީއާރުސީ ހިންގަން ކުޑީ އައްޔަން ކުރުން ފަދަ ކަމެކެވެ. އެއަށްވުރެ ވެސް ބޮޑަށް ގޯހީ, ޗެއަރ އަކަށް ޓެކްނިކަލް ބޭންކިންގ ދާއިރާގެ މީހަކު ބެހެއްޓުމުގެ ބަދަލުގައި ކެބިނެޓްގައި ނޯޓު ނަގަން މުއިއްޒު ގެންގުޅުނު ބޯއި އެއް ގެނެސް ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރ އަކަށް ހަމަ ޖެއްސުމުންނެވެ.