ޚަބަރު

އާސަންދަ ނުލިބި ދިވެއްސަކު މަރުވެފައި ވަނިކޮށް, ސާޖިދާ އައިނު ކޮޅު ބަދަލު ކުރުމަށް ސިންގަޕޫރަށް އެއް ދުވަހަށް ރައީސް މުއިއްޒު އާއި އެކު ވަޑައިގަތުމަށް ހަމަޖެހިއްޖެ

ދިޔަވަރު
އާސަންދަ ނުލިބި ދިވެއްސަކު މަރުވެފައި ވަނިކޮށް, ސާޖިދާ އައިނު ކޮޅު ބަދަލު ކުރުމަށް ސިންގަޕޫރަށް އެއް ދުވަހަށް ރައީސް މުއިއްޒު އާއި އެކު ވަޑައިގަތުމަށް ހަމަޖެހިއްޖެ

އާސަންދަ ނުލިބި ދިވެއްސަކު މަރުވެފައި ވަނިކޮށް, ސާޖިދާ ތުރުކުރައްވާ އާނު ކޮޅު ބަދަލު ކުރުމަށް ސިންގަޕޫރަށް އެއް ދުވަހަށް ރައީސް މުއިއްޒު އާއި އެކު ވަޑައިގަތުމަށް ހަމަޖެހިއްޖެ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. އަދި މި ދަތުރު ހަމަ ޖެހިފައިވަނީ އިންޑިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ގޮތުން ހަމަޖެހިފައިވާ މަސްއޫލިއްޔަތުތައް ދޫކޮށް, ރާއްޖެއިންވެސް ބަދަލު ކޮށްލެވޭ އައިނެއް ބަދަލު ކުރުމަށް ސިންގަޕޫރަށް ފުރާ ވަޑައިގަތުމަކީ ރައީސް މުއިއްޒުގެ ދިރިއުޅުމުގެ ފެންވަރާއި, ރައްޔިތުންގެ ކަންކަން މިއަދު އެމަނިކުފާނަށް މުހިންމު ނުވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

ރައްޔިތުން އާސަންދަ ނުލިބި, ބޭސްފަރުވާ އަށް ޖެހި, ސަލާންޖެހުން ރާއްޖޭގައި އާންމުވެފައިވާ ދަނޑިވަޅެއްގައި, ރާއްޖޭގެ ހުރި އެންމެ އާދައިގެ އޮޕްޓިކަލް ފިހާރައިންވެސް ކޮށްލެވޭ ވަރުގެ ކުޑަ ކުޑަ ކަމެއް ކުރުމަށް ސިންގަޕޫރަށް ވަޑައިގަތުމަކީ ރައްޔިތުންގެ އިޚްސާސްތައް ވެރިމީހާ ނުދަންނަ ކަމުގެ ހެއްކެކެވެ.

މިދަތުރުގައި ސިންގަޕޫރުގައި ހުންނަ މުއިއްޒުގެ ހާއްސަ ލޮލުގެ ޑޮކްޓަރު ސާޖިދާގެ ލޮލަށް ބޭނުންވާ ފަރުވާ ކުރައްވުމަށް ޓެސްޓް ހަދާނެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިއީ ރާއްޖެއިންވެސް ކުރެވޭ ވަރުގެ ޓެސްޓް ތަކެކެވެ.

ރައީސް އަމިއްލަފުޅަށް އޭނާގެ ދަތުރު ޚަރަދުތައް ހަމަ ޖެއްސިއަސް, ސަރުކާރުގެ ޕްރޮޓަކޯލް ތަކަށާއި, ސެކިޔުރިޓީގެ ހުރުމާއި ކެއުމާއި, އެހެނިހެން ޚަރަދުތަކަށް މަދުވެގެން މިފަދަ ދަތުރަކަށް ބައި މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.