އެމެރިކާއަށް ފުރުމަށް މުއިއްޒު މިވަގުތު ހުންނެވީ އެއަޕޯޓުގައެވެ. ރައްޔިތުން ހާލުގައި ތިއްބާ ރަތް ދޫލައިގައި ރަސްކަލުންނަށް އަރުވާ ވަރުގެ އަލްވަދާޢުއެއް އޭނާއަށް އެރުވުމަށް މުއިއްޒު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައެވެ. މި ފަދަ ބޮޑު ޚަރަދެއް ކޮށް, ހަމަ އެކަނި ޝާނާއި ޝައުކަތު ދައްކާލައި, ޔޫއެންގައި އޮތް ޖަލްސާއެއްގައި ބައިވެރިވުމަށް މުއިއްޒު ދާއިރު, އެންމެ ފަހުން ދެ ފަހަރު މަތިން އިންޑިޔާއަށް ދައްކަން އޮތް ދަރަނި އަދާ ކުރެވޭ ވަރަށް ފައިސާ ނެތިގެން އެޤައުމުގައި އާދޭސް ކޮށް ސަލާން ޖަހައިގެން އެފައިސާ ދެއްކުމުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.
މާލީ ގޮތުން, މި ފަހުގެ ތާރީޚުގައި ރާއްޖެ ނުދާ މިންވަރަށް ރާއްޖޭގެ ހާލަތު ގޯސްވެ, ދިވެހިރާއްޖޭގައި މިވަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ, ޑޮލަރު ލިބުން ދަތިވެފައެވެ. މިފަހުން ރާއްޖޭގެ ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް ހުސްވެފައިވާއިރު, މިހާރު ވެސް އެންމެ މަހެއްގެ މައްޗަށް ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ގެނެވޭނެ މިންވަރަށް ރާއްޖޭގައި ޑޮލަރެއް ނެތެވެ. މިފަދަ ހާލެއްގައި ރާއްޖެ އޮއްވާ, ރާއްޖޭގެ ރައްޔިތުންނާއި, މެދު އެއްވެސް ކަހަލަ ހަމްދަރުދީއެއް ނެތި އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކޮށް, އެމެރިކާއަށް ދާދިޔުމަކީ ދިވެހިން އެކަން ބަލައިގަންނަ ކަމެއް ނޫނެވެ.
އެމެރިކާއަކީ އިޒްރޭލަށް އެއްބާރުލުން ދީގެން ފަލަސްތީނުގެ މުސްލިމުން މެރުމަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމަށްވެފައި, އިޒްރޭލް ޕާސްޕޯޓް ބޭން ނުކޮށް މަޖިލީހުގެ ކޮމިޓީއެއްގައި އެކަމާއި ގުޅޭ ބިލް ބާއްވައިގެން މުއިއްޒު އުޅެނީ އެމެރިކާއިން އަންގައިގެންނާއި މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ އިޒްރޭލުގެ ފައިސާގައި ހިފައިގެން ކަމަށް ސޯޝަލް މީޑިޔާގައި އާންމުންދަނީ ތުހުމަތު ކުރަމުންނެވެ.
މުއިއްޒު އަންގައިގެން މިއަދު, އެއަރޕޯޓްގައި އޭރޯ-ބްރިޖް އިން ފުރޭ ގޮތް ހެދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއަރޕޯޓްގެ މަސައްކަތް މުއިއްޒުގެ ސަރުކާރުގައި އިތުރަށް ލަސްވެފައި ވާތީ އެކަން ކުރެވޭ މިންވަރަކަށް ތައްޔާރީތައް ހަމަޖެހިފައި ނެތް ކަމަށް ރައީސް އޮފީހުގެ އޮފިޝަލެއް ވަނީ ހާމަ ކޮށްފައެވެ. އެހެން ކަމުން މިހާރު މުއިއްޒަށް ރަތް ދޫލާގައި ރަސްރަސްކަލުންނަށް ދޭވަރުގެ އަލްވަދާއެއް ދިނުމަށް މުއިއްޒު އެދިގެން އެ މަސައްކަތް ވަނީ ކަމާ ބެހޭ ފަރާތްތަކުން ކޮށްފައެވެ. މުއިއްޒު މި ކުރަނީ ފުރަމާނަ ދަތުރެއް ކަމަށް ނުވިއަސް, މިނިސްޓަރުންނާއި މަޖިލީސް މެމްބަރުން ލައްވާ ސަފު ހައްދަވައި ވީހާވެސް ފުރިހަމަ އަށް މުއިއްޒުގެ އިއްޒަތްތެރިކަން ޓީވީތަކުން ދެއްކުމަށް މުއިއްޒު ވަނީ އަންގާފައެވެ.