100 އިލްމު ވެރިންނާއި ސަލަފުގެ ވެރިންނާއި އަލީ ރަމީޒަށް މުއިއްޒު ކޮސްޓަރ ބުއިން ގޯހެއް ނުވި އެވެ. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަމާއި ކަންބޮޑުވެ, މުއިއްޒު ނެންގެވި ކޮފީއަކީ ފަލަސްތީނުގެ ރައްޔިތަކު މެރުމަށް ބޭނުންވާ ވަޒަނެއް އިޒްރޭލަށް ހަދިޔާ ކުރުން ކަމަށް ބުނެ މީހުން ދަނީ ނުތަނަވަސް ކަން ފާހަގަ ކުރަމުންނެވެ.
ސަރުކާރުން ވަނީ ސަލަފުގެ މެމްބަރުންނަށް އެކި ނަންނަމުގައި ފައިސާ ދިނުމަށް ނިންމާފައެވެ. މިކަން ހާމަ ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރއެވެ. ސަލަފުން ދަނީ މުއިއްޒު ކުރަމުންދާ ލާދީނީ އަމަލުތަކަށް އެއްޗެއް ނުބުނެ ހިތްވަރު ދެމުންނެވެ.
ބައެއް ފަރާތްތަކުން ހާމަ ކުރާ ގޮތުގައި ސަލަފަކީ ސިޔާސީ ޖަމިއްޔާއެއް ކަމުން, ދީނީ ގޮތުން މުއިއްޒު ކިތަންމެ ލާދީނީ ކަމެއް ކުރިއަސް އެކަން އިސްލާހު ކުރުމަށް މުއިއްޒަށް ދެންނެވުމެއް ސަލަފަށް ނޯވެއެވެ. އެމީހުންނަކީ ދީނީ ތާކިހާ އަޅައިގެން ސިޔާސީ ޕޯޑިއަމް ތަކުގައި އެމްޑީޕީއާއި ދެކޮޅަށް ދެ ހަފްލާއެއް ބާއްވައި ތަގުރީރު ދިން ބައެކެވެ.
ސަލަފުން ދަނީ އެމީހުންގެ ސިޔާސީ އެޖެންޑާ ފެތުރުމަށް އެމްޑީޕީ މީހެއްގެ ފަރާތުން ކުޑަކުޑަ ކަމެއް ފެނުނަސް އެކަން ދީނާއި ޚިލާފު ކަމަކަށް ހަދައި, ލާދީނީ ޓެކް އަޅުވަމުންނެވެ. ސަލަފުން ގެންގުޅެނީ ޑަބަލް ސްޓޭންޑަޑެވެ. ގޯސް ވަނީ ވަކި ބަޔަކު ކުރާ ކަމެކެވެ. މުއިއްޒު ފަދަ ލާދީނީ މީހުން އިޒްރޭލާއި ގާތް ގުޅުން ބޭއްވުމުން އެވެސް ސަލަފު ފަދަ ސިޔާސީ ފަރާތްތައް ދެކެނީ ހެޔޮ ކަމެއް ގޮތުގައެވެ.
ސަލަފަކީ ލާރިއާއި މާއްދީ މަންފާއަށް ދީން ބޭނުން ކޮށްގެން ޤައުމުގައި ފިތުނަ ފަސާދަ އުފައްދަމުންދާ ސިޔާސީ ބައެކެވެ. އެމީހުންގެ ކިބާގައި ނުބައި ކަންތައް ނުބައި ކުރުމުގައި ސާބިތުވެ ތިބުމުގެ ހިތްވަރު މާތް اللهގެ ޚަސްރަތުން ލިބިފައި ނުވަނީ އެމީހުންގެ ހުރި އަމިއްލަ އެދުމުގެ ބޮޑު ކަމުން ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.
އިޒްރޭލުގެ ކޮސްޓާރ އަކީ ކޮކާ ކޯލާ ކުންފުނީގެ ބައެކެވެ. އެމީހުންނަކީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލަށް ފައިސާ ދީގެން ކާރުހާނާތައް ބިނާ ކޮށްފައިވާއިރު, މިއީ އދ. އިން ވެސް ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި ބަލައިގަންނަ ބިންތަކެވެ.