ޚަބަރު

މުއިއްޒުގެ އަމަލުތަކުގެ ސަބަބުން ޕާކިންގ ޖާގަ ގެއްލި އާންމުންނަށް ދަތިތައް ކުރިމަތި ވެފައިވާކަން ދޭހަވާހެން ޓްރާންސްޕޯޓް މިނިސްޓްރީ އިން އިއުލާނެއް ނެރެފި

ދިޔަވަރު
މުއިއްޒުގެ އަމަލުތަކުގެ ސަބަބުން ޕާކިންގ ޖާގަ ގެއްލި އާންމުންނަށް ދަތިތައް ކުރިމަތި ވެފައިވާކަން ދޭހަވާހެން ޓްރާންސްޕޯޓް މިނިސްޓްރީ އިން އިއުލާނެއް ނެރެފި

މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުތަކުން 1120 ޖާގަ މުއިއްޒު ބޮޑު އަގުގައި ވިއްކާލާފައިވެއެވެ. މިގޮތަށް ވިއްކާފައިވަނީ ގިނަ ބަޔަކު އަތުން ނުހައްޤުން ކޮރަޕްޝަން ފައިސާ ނެގުމަށް ފަހުއެވެ. މާލެއަށް ކުރިމަތިވެފައިވާ ޕާކް ކުރުމުގެ ޖާގައިގެ ދަތިން ގޯސްވެ، މިހާރުގެ ހާލަތަށް ޤައުމު ގޮސްފައިވަނީވެސް މުއިއްޒުގެ މި އަމަލުތަކުގެ ސަބަބުންނެވެ.

މިއަދު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ނެރެފައިވާ އިއުލާނުގައި މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ. މޭޔަރު ކަމުން، ރައީސް ކަމަށް ވަޑައިގެން ހުންނެވި މުއިއްޒުގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ:

މާލޭގެ މަގުތަކުގައި އާންމުންގެ ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، ދަތިވެފައިވާތީ، ވަގުތީ ގޮތުން ޕާކު ކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލު ކުރުމަށާއި، ހަމަ ހަމަ ކަމާއި އެކު މަގުތަކުގެ ޖާގަތައް ބޭނުންކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން ސްލޮޓްތައް ކުއްޔަށް ދިނުން ހުއްޓާލަން އަންގާ ކަމަށެވެ.

މި އިއުލާނުން ސާފުވާ ގޮތުގައި ޕާކިންގ ސްޕޮޓްތައް މުއިއްޒު ކުށްޔަށް ދީފައިވަނީ އާންމުންގެ ބޭނުމަށް އޮންނަ ޖާގަ ކުޑަވާހެން ޕާކް ކުރުމަށް ދަތިކޮށެވެ. މުއިއްޒު ވެރިކަމާއި ހަވާލުވެގެން 10 މަސްވީއިރު ވެރިކަމާއި ހަވާލު ވަންދެން މާލޭގެ މަގުތައް މީހުންނަށް ވިއްކަމުން ދިޔައިރު، އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަން ކުރިމަތިވާނެކަން ކަނޑައެޅިގެން އެނގޭނެއެވެ.

މުއިއްޒަކީ ދިވެހިންނާއި މެދު އެއްވެސް ކަހަލަ، އަޅާލުމެއް ހަމްދަރުދީއެއް ހުރިނަމަ، މުޅި މާލޭގެ މަގުތައް ވިއްކައިގެން މާލޭގެ މަގުތައް ތޮއްޖައްސައި ނެހެދީހެވެ. އަދި މުއިއްޒު މާލޭގެ މޭޔަރު ކަމުން ވަކިވެ އާ މޭޔަރެއް އައުމުން މިކަން ހުއްޓާނުލާ ކުރިއަށް ގެންގޮސްފައި ވުމުން މާލޭ ސިޓީ ކައުންސިލާއި މިހާރު ހަވާލުވެ ތިބި ފަރާތްތަކުގެ އިހްލާސްތެރި ކަމާއި މެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

https://twitter.com/MoTCAmv/status/1838229942414532699
ޓްރާންސްޕޯޓުން ނެރެފައިވާ އިއުލާން