ޚަބަރު

މުއިއްޒު އާއި އެކު، ފަލަސްތީނުގެ ރައީސް ނޫސްވެރިންނާއި ބައްދަލެއް ނުކުރި! އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރާނެ ކަމަށް އިއުލާނުކޮށް އެކަން ނުކުރި ސަބަބު ފަލަސްތީނުގެ ރައީސް އެއްސެވުމުން، މުއިއްޒަށް ޖަވާބެއް ނުދެވުނު!

ދިޔަވަރު
މުއިއްޒު އާއި އެކު، ފަލަސްތީނުގެ ރައީސް ނޫސްވެރިންނާއި ބައްދަލެއް ނުކުރި! އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރާނެ ކަމަށް އިއުލާނުކޮށް އެކަން ނުކުރި ސަބަބު ފަލަސްތީނުގެ ރައީސް އެއްސެވުމުން، މުއިއްޒަށް ޖަވާބެއް ނުދެވުނު!

މުއިއްޒު އާއި އެކު، ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް ނޫސްވެރިންނާއި ބައްދަލެއް ނުކުރިއެވެ. ދިޔަވަރު ނޫހުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރާނެ ކަމަށް އިއުލާނުކޮށް އެކަން ނުކުރި ސަބަބު ފަލަސްތީނުގެ ރައީސް މުއިއްޒު އަރިހުން އެއްސެވުމުން، އެކަމާއި ގުޅިގެން މުއިއްޒަށް އެއަށް ޖަވާބެއް ނުދެވި، މިއީ މުއިއްޒު ދެއްކުން ތެރިކަމަށް ކުރާ ކަމެއް ކަން އެނގޭތީ ފަލަސްތީނުގެ ރައީސް މުއިއްޒު އާއި އެކު ނޫސްވެރިންނާއި ބައްދަލު ކުރުމަށް ދެކޮޅު ހައްދަވައި ނުކުމެ ވަޑައިގެންނެވީއެވެ. ނަމަވެސް، އެތަނުގައި ހުންނެވި އަރައްބަކު މުއިއްޒު އަރިހުގައި ނޫސްވެރިންނާއި ބައްދަލު ކުރި އިރު މުއިއްޒު ވަނީ ބަހައްޓާފައެވެ. މިވެސް ދިވެހިރައްޔިތުންނަށް އޮޅުވާލުމަށް ކުރެއްވި ކަމެކެވެ.

މުއިއްޒުގެ މީޑިޔާ ޓީމުން ރާވާފައި އޮތީ، ފަލަސްތީނު ރަމްޒު ކޮށްދޭ ފޮށާ އެންމެން އަޅައިގެން ތިބެ، ފަލަސްތީނުގެ ރައީސް އާއި ބައްދަލުކޮށް، ފަލަސްތީނުގެ ރައީސް އާއި އެކު މުއިއްޒު ޕްރެސް އިވެންޓެއް ބޭއްވުމަށެވެ. ނަމަވެސް، މުއިއްޒު ބޭނުންވި ގޮތަށް އެކަން ވެސް ވަނީ ކުރިއަށް ނުގޮސްފައެވެ.

މުއިއްޒުގެ އިތުރުން، ފޮރިން މިނިސްޓަރ ޒަމީރު އާއި، ރާއްޖެއިން އެ ބައްދަލުވުން އޮތްތަނަށް ދިޔަހާ ބަޔަކު ލައްވައި ފަލަސްތީނުގެ ފޮށާ އަޅުވައިގެން އެ މަންޒަރު ދެއްކެވި އިރު، އދ. ގައި އޮތް އެންމެ ބައްދަލު ވުމެއްގައިވެސް ފަލަސްތީނުގެ ފޮށާ އަޅައިގެން ހުންނަވައި އޭގެ ބައްދަލުވުމަށް ވަނުމަށް މުއިއްޒަށް ނުކެރުނެވެ.

މީގެ އިތުރުން މުއިއްޒު ޕްރެސް އަށް ގެނެސްފައިވަނީ ރާއްޖޭގެ މީޑިޔާ އަކާއި، އެއްވެސް ބަޔަކު ނުދަންނަ އަރަބި މީޑިޔާއެކެވެ. ހުޅަނގުގެ އެއްވެސް މީޑިޔާއަކަށް ދައުވަތެއް ނުދެއްވައެވެ.

ފަލަސްތީނުގެ ރައީސް މުއިއްޒު އާއި ބައްދަލު ކޮށްފައިވަނީ، ދިވެހިރާއްޖެ އަކީ 100 އިންސައްތަ އިސްލާމީ ޤައުމެއް ގޮތުގައި އޮތް ޤައުމަކަށް ވުމުންނެވެ. ނަމަވެސް، ފަލަސްތީނުގެ ނަން ބޭނުން ކޮށްގެން، ފަލަސްތީނާއި މެދު އެއްވެސް އިހްލާސްތެރިކަމެއް ނެތް، ދެފުށް ދެގޮތް މަކަރުވެރި، އަޔަހޫދީ މީހަކު އިސްތިހާރުވުމަށް ބާއްވާ ޕްރެސްއެއްގައި ފަލަސްތީނުގެ ރައީސް ބައިވެރިވެ ވަޑައި ނުގެންނެވީއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު ކޮސްޓަރ ކޮފީ ހިއްޕަވައި ކުޅުއްވި ޑްރާމާވެސް ވަނީ، ފަލަސްތީނުގެ ޓީމަށް އެނގިފައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައީސް އާއި އެކު ތިއްބެވި ފަރާތްތައްވެސް ތިބީ މުއިއްޒު އާއި، ސަރުކާރުގެ ވެރިންނާއި މެދު އިންތިހާއަށް ހިތްހަމަ ނުޖެހިފައިކަން އެމީހުންގެ މޫނު މަތިންވެސް އެނގޭ ކަމަށް ރާއްޖޭގެ ފަރާތުން މި ހަފްލާ އިންތިޒާމު ކުރި އެމްބަސީގެ ސްޓާފެއް ދިޔަވަރު އަށް މައުލޫމާތު ދެއްވިއެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަނީ ކަމަށް ބުނެ، ދުނިޔޭގައި ފަލަސްތީނާއި ދެކޮޅަށް މުޅި ދުނިޔޭގައި މިހާ ބޮޑު ދޮގެއް ހަދާފައިވާ ހަމަ އެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ.