ޚަބަރު

ފަލަސްތީނަށް ސަޕޯޓް ކުރާކަން ދެއްކުމަށް މުއިއްޒު ބޭއްވި ފޭކް ޕްރެސްއެއް! ހުޅަނގުގެ އަދި ބައިނަލްއަގުވާމީ އެއްވެސް މީޑިޔާއަކަށް ދައުވަތް ނުދޭ. ހަމަ އެކަނި ގެންދިޔައީ ދިވެހި މީޑިޔާ އަކާއި، އެއްވެސް ބަޔަކު ނުދަންނަ އަރަބި މީޑިޔާއެއް! ހުރިހާ ކަމަކުން ދޮގާއި މަކަރު!

ދިޔަވަރު
ފަލަސްތީނަށް ސަޕޯޓް ކުރާކަން ދެއްކުމަށް މުއިއްޒު ބޭއްވި ފޭކް ޕްރެސްއެއް! ހުޅަނގުގެ އަދި ބައިނަލްއަގުވާމީ އެއްވެސް މީޑިޔާއަކަށް ދައުވަތް ނުދޭ. ހަމަ އެކަނި ގެންދިޔައީ ދިވެހި މީޑިޔާ އަކާއި، އެއްވެސް ބަޔަކު ނުދަންނަ އަރަބި މީޑިޔާއެއް! ހުރިހާ ކަމަކުން ދޮގާއި މަކަރު!

ފަލަސްތީނަށް ސަޕޯޓް ކުރާކަން ދެއްކުމަށް މުއިއްޒު ބޭއްވި ފޭކް ޕްރެސްއަށް، ހުޅަނގުގެ އަދި ބައިނަލްއަގުވާމީ އެއްވެސް މީޑިޔާއަކަށް ދައުވަތް ނުދެއެވެ. މިކަން އެމްބަސީ ތެރެއިން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ވެސް ކޮށްފައެވެ. ބޭރުގެ މީޑިޔާތަކަށް ނުފެންނާނެހެން، ބޭއްވި މި ފޭކް ޕްރެސް އަށް ދައުވަތު ދީފައިވަނީ އެތާގައި މުއިއްޒު ކަވަރު ކުރަން ދިވެހި މީޑިޔާ އަކަށާއި، އެއްވެސް ބަޔަކު ނުދަންނަ އަރަބި މީޑިޔާއަކަށެވެ. މުއިއްޒު ދަނީ ރައްޔިތުންނަށް ދޮގާއި މަކަރު ހުރިހާ ކަމެއްގައި ހަދަމުންނެވެ.

އަލް ޖަޒީރާއާއި، ދަ ނެޝަނަލްސް އާއި، ގަލްފް ޓައިމްސް ފަދަ ހުރިހާ މަޝްހޫރު ބައިނަލްއަގުވާމީ މީޑިޔާ ތަކެއް މިހާރު އދ. ގައި ތިބި އިރު، މިއިން އެއްވެސް މީޑިޔާއަކަށް މުއިއްޒު އަންގައިގެން ދައުވަތު ދީފައި ނުވެއެވެ.

މުއިއްޒުގެ ޕްރެސް އާއި ގުޅިގެން ބޭރުގެ އެއްވެސް ނޫހަކުން އަދި ޓީވީ ޗެނަލް އަކުން އެވާހަކަ ގެނެސް ދީފައި ނުވެއެވެ. އެހެންކަމުން މުއިއްޒު މި ކުޅުނު ޑްރާމާއަކީ، މުއިއްޒު ފަލަސްތީނާއި މެދު ގެންގުޅޭ ސިޔާސަތު ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް ތިމަންނާ މިހިރީ ފަލަސްތީނާއި އެކު ކަމަށް ހާމަ ކުރުމަށް ޖެހިލުން ނުވާކަމަށް ދެއްކުމަށް ހިންގި ބޮޑު އޮޅުވާލުމެކެވެ.

މި ފޭކް މީޑިޔާ ޕްރެސް ގައި ފަލަސްތީނުގެ ރައީސް ބައިވެރިވެފައި ނުވަނީ، އިޒްރޭލް ޕާސްޕޯޓް މަނާ ކުރިކަމަށް ބުނެ ބައިނަލްއަގުވާމީ ގޮތުން ހެޑްލައިންތައް ހެދުމަށް ފަހު، ގަސްތުގައި އިޒްރޭލް ޕާސްޕޯޓް މަނާނުކޮށް އޮތް ސަބަބާއި މެދު ސުވާލު ދެންނެވުމުން، މުއިއްޒަށް ޖަވާބު ނުދެވުމުންނެވެ. އަދި މިއީ ދެއްކުންތެރިކަމަށް ބާއްވާ ފޭކް ޕްރެސް އެއްކަން އެނގިވަޑައި ގަންނަވާތީއެވެ.