ޚަބަރު

ރޯހިތުގެ ކުރީގެ ފޮޓޯއެއް، މިހާރުގެ ހާލަތަށް މާބޮޑަށް ފެތޭތީ ސޯޝަލް މީޑިޔާގައި ވައިރަލް ވާން ފަށައިފި

ދިޔަވަރު
ރޯހިތުގެ ކުރީގެ ފޮޓޯއެއް، މިހާރުގެ ހާލަތަށް މާބޮޑަށް ފެތޭތީ ސޯޝަލް މީޑިޔާގައި ވައިރަލް ވާން ފަށައިފި

ރޯހިތު ނުވަތަ އަޒާނުގެ ކުރީގެ ފޮޓީއެއް މިހާރުގެ ހާލަތަށް މާބޮޑަށް ފެތޭތީ ސޯޝަލް މީޑިޔާގައި ވައިރަލް ވާން ފަށައިފިއެވެ. ރޯހިތަކީ އެމްޑީޕީގެ ސަރުކާރުގައި އިންޑިޔާއާއި އަދި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ތަކުރާރުކޮށް ދޮގު ހަދައި، އޮޅުވާލައިގެން، ޚާރިޖީ ގުޅުން ގޯސް ކުރުމަށް ޗައިނާއިން ފައިސާ ނަގައިގެން މަސައްކަތް ކުރި ފަރާތެކެވެ.

ރޯހިތު އާއި މުއިއްޒުގެ ފިތުނަވެރި މަސައްކަތް ކާމިޔާބުވެ، މުއިއްޒު ވަނީ ވެރިކަން ދޮގު ހަދައިގެން ހޯދާފައެވެ. ނަމަވެސް މީގެ 2 ދުވަސް ކުރިން ލަންކާގެ ކުރީގެ ރައީސް ރަނިލްގެ ފަރާތުން ހާމަވެގެން ދިޔައީ އޭރު އިންޑިޔާއާއި ދެކޮޅަށް ހެދި ދޮގު ތަކަކީ ރައްޔިތުން ބޮލަށް އިންޑިޔާއޭ ކިޔައި ޗިޕެއް ޖެހުމަށް މުއިއްޒު ކޮށްފައިވާ މަސައްކަތެއް ކަމެވެ.

ރޯހިތުގެ އާންމު ވެފައިވާ ފޮޓޯގައި އޭނާ ހުރީ ޕޯސްޓަރެއް ހިފަހައްޓައިގެންނެވެ. ރޯހިތުގެ ޕޯސްޓަރުގައި ވަނީ

ދޮގު ހަދާ ދޮގު ތަކުރާރު ކުރާ ރައީސެއް ބޭނުމެއް ނުން! WakeUpNow

މިހެންނެވެ.

މި މެސެޖް މިހާރު އަމާޒު ވަނީ މި ސަރުކާރަށެވެ. މުއިއްޒު ވަނީ އޭނާގެ ރައްޔިތުންނަށް ވެފައިވާ ރިޔާސީ ވައުދުތަކުގެ ފޮތެއް ނެރެފައެވެ. މި ފޮތަށް މިހާރު ދިވެހިން ކިޔާ އުޅެނީ ކިތާބުލް ބުހުތާނެއެވެ. އެއީ މި ފޮތުގައިވާ އެއްވެސް ކަމަކީ މުއިއްޒު ރައްޔިތުންނަށް ކޮށްދިނުމަށް ވެފައިވާ ވައުދަށް ނުވާއިރު، މިވެސް މުއިއްޒު ހަދާފައިވާ ދޮގު ތަކެއް ގޮތުގައި މިހާރު ރައްޔިތުން ޤަބޫލު ކުރާތީއެވެ.

https://twitter.com/Badruddeen/status/1835391999467569155

މުއިއްޒަކީ މި ފަހުގެ ޒަމާނެއްގައި ދުނިޔެ ދުށް އެންމެ ދޮގު ހަދާ ރައީސް އެވެ. އަދި ރޯހިތަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެތައް ހާސް ދޮގެއްގެ މައްޗަށް ސިޔާސީ ހަޔާތެއްގެ ބިންގާއެޅި ހަމަ އެކަނި މީހާއެވެ.