ސަރުކާރުގެ މިނިސްޓްރީތަކުން 2.4 ބިލިއަން ރުފިޔާގެ މަސައްކަތް ހުއްޓުވާފައިވާއިރު، ފެނަކައިން ވަނީ 16 ރަށެއްގައި ކުރިއަށް ދާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ހުއްޓާލާފައެވެ. މިހާރު އާރުޑީސީ އިން ވަނީ 25 ރަށެއްގެ މަސައްކަތް ހުއްޓާލާފައެވެ.
މީގެ ތެރެއިން 16 ރަށެއްގެ މައުލުމާތު ދިޔަވަރު ނޫހަށް ވަނީ ލިބިފައެވެ. އެގޮތުން، ނ. މަނަދޫގެ މަގު ހެދުން، ރ. އަލިފުށީގެ މަގު ހެދުން، ހއ. ފިއްލަދޫ ބަނދަރާއި މަގު ހެދުން، ނ. ކެނދިކުޅެދޫގެ މަގު ހެދުން، ގއ. ގެމަނަފުށީގެ މަގުތައް ހެދުން، ގއ. މާމެންދޫގެ މަގުތައް ހެދުން، ރ. މަޑުއްވަރީގެ މަގުތައް ހެދުން، ޅ. ނައިފަރުގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވެހީގެ މަސައްކަތް، އިސްދޫ ލަކައިދޫގެ ބޮޑު މަގު ހެދުން، ލ. މާވަށު މަގުތައް ހެދުން، ރ. އިނގުރާދޫގެ 2 ވަނަ ފިޔަވަހީގެ މަގުތައް ހެދުން، މ. ކޮޅު ފުށީގެ މަގުތައް ހެދުން، އއ. ތޮއްޑޫގެ މަގުތައް ހެދުން، ގދ. ވާދޫގެ މަގުތައް ހެދުން، ހއ. ކެލާގެ މަގުތައް ހެދުން ހިމެނެއެވެ.
މީގެ އިތުރުން އެތައް ރަށެއްގައި ކުރުމަށް ކޮންޓްރެކްޓްކޮށް، މަސައްކަތް ހަވާލު ކުރެވިފައިވާ ޕްރޮޖެކްޓްތައް ވަނީ އާރުޑީސީއިން ހުއްޓާލާފައެވެ. ބައެއް ރަށްރަށުގައި ކޮންޓްރެކްޓަރުން ވަނީ ސައިޓް މޯބަލައިޒް ކޮށް މަސައްކަތް ފަށާފައެވެ. މިގޮތުން މުއައްޒަފުން ނަގައި މަސައްކަތް ފަށާފައިވާ ޕްރޮޖެކްޓްތައް ވެސް މުއިއްޒު އަންގައިގެން ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން ކުންފުނިތަކަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ވަނީ މުއިއްޒުގެ ސަބަބުން ލިބިފައެވެ. މުއިއްޒުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށާއި، އާންމު ދިރިއުޅުމުގެ ފެންވަރު ދަށްވެ، ރައްޔިތުންނާއި، ވިޔަފާރިތައް ދަނީ ބިކަވެ ނިކަމެތި ވަމުންނެވެ.
މިވަގުތު އާރުޑީސީއަކީ އެއްވެސް މަސައްކަތެއް ނުކޮށް، މުއިއްޒު ބޭނުންހާ ބަޔަކަށް ސިޔާސީ މަގާމުދީ، ހިލޭ މުސާރަ ދިނުން ހުރި ތަނެއްކަމުން، މިތަން ބަންދުކޮށް، މިކުންފުނި އުވާލަން ޖެހެއެވެ.
އާރުޑީސީ ހަވާލު ކޮށްފައިވަނީ މިލިޓަރީގައި އުޅުނު ނާގާބިލު ފަރަތަކާއި ކަމަށް އާންމުން ދަނީ ބުނަމުންނެވެ.