ޚަބަރު

އދ. ގައި ޗައިނާގެ ވަފްދާއި މުއިއްޒު ބައްދަލު ކުރިއިރު، އުއިގޫރުގެ މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ނޭދުނު! އެކަމަށް އެދުނީ ތުރުކީއިން! މުއިއްޒުގެ ހިތުގައި ފަލަސްތީނު އަދި އުއިގޫރު މުސްލިމުންނަށް އެއްވެސް ރަހުމެއް ނެތް!

ދިޔަވަރު
އދ. ގައި ޗައިނާގެ ވަފްދާއި މުއިއްޒު ބައްދަލު ކުރިއިރު، އުއިގޫރުގެ މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ނޭދުނު! އެކަމަށް އެދުނީ ތުރުކީއިން! މުއިއްޒުގެ ހިތުގައި ފަލަސްތީނު އަދި އުއިގޫރު މުސްލިމުންނަށް އެއްވެސް ރަހުމެއް ނެތް!

ތުރުކީގެ ރައީސް އުރުދުގާން ޗައިނާގެ ވަފްދާއި ބައްދަލުކޮށް އުއިގޫރުގައި ދިރިއުޅޭ މުސްލިމުންގެ އަސާސީ ހައްޤުތަކާއި، އެމީހުންގެ މިނިވަންކަން ކަށަވަރު ކުރުމަށް ގޮވާލިއިރު، ޗައިނާއާއި އެންމެ ގާތް %100 އިސްލާމް ޤައުމުގެ ވެރިއެއް ގޮތުގައި މުއިއްޒު ހުންނަވައި، ޗައިނާގެ ކިބައިން މުސްލިމުންނަށް ދެމުންދާ އަނިޔާ ހުއްޓާލުމަށް ނޭދުނެވެ.

ޗައިނާއިން ބުނެފައިވަނީ އުއިގޫރުގެ މުސްލިމުން ތިބީ "ރީ-އެޑިޔުކޭޝަން" ކޭމްޕް ތަކެއްގައި ކަމަށެވެ. އަދި އިސްލާމް ދީނަކީ ނަފްސާނީ ބައްޔެއް ކަމަށް ޗައިނާގެ ސަރުކާރުން ސިފަކޮށްފައިވާ ކަމަށް އދ.ގެ ރިޕޯޓްތަކުގައި ހާމަ ކޮށްފައިވެއެވެ.

އުއިގޫރުގެ އެތައް މިލިއަން މުސްލިމުންނެއް ވަނީ ޖަލަށް ލާފައެވެ. އެމީހުންގެ މައްޗަށް އެއްވެސް ތަހުގީގެއް ނުހިންގާ ޖަލަށް ލާފައިވާއިރު، އެމީހުންގެ ދަރިން ޅަފަތުގައި ނަގައިގެން ޔަތީމް ހާނާތަކަށް ދަނީ ލަމުންނެވެ. ޗައިނާގެ ސަރުކާރުގެ އަމާޒަކީ ބޮޑުވާ ކުދިންނަކީ އިސްލާމް ދީން ނުދަންނަ، ބަޔަކަށް ހެދުމެވެ.

އދ. އިން ވަނީ ތަފާތު އެކި ފޯރަމްތަކުގައި މުސްލިމުންނާއި މެދު ޗައިނާއިން އަމަލު ކުރަމުންދާ އިންސާނިއްޔަތާއި ޚިލާފު ކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި ދެކޮޅަށް މުއިއްޒު އދ. ގައި ވެސް އަދި ވަކިން ޗައިނާ އާއި ބައްދަލުވާއިރުވެސް ބުނެފައި ނުވެއެވެ.