ސިޔާސީ

މިސަރުކާރުން ދީނީ ތައުލީމު ދިނުމަށް ހުރަސް އެޅުމަށް، އަރަބިއްޔާ ސްކޫލްގެ އެއްބަސްވުން ބާތިލު ކުރުމުންވެސް މުޒާހަރާ އެއް ނުކުރި! މިހާރު ދީނީ ތައުލީމު މުހިންމެއް ނޫން؟ ސްކޫލެއްވެސް މުހިންމެއް ނޫން؟

ދިޔަވަރު
މިސަރުކާރުން ދީނީ ތައުލީމު ދިނުމަށް ހުރަސް އެޅުމަށް، އަރަބިއްޔާ ސްކޫލްގެ އެއްބަސްވުން ބާތިލު ކުރުމުންވެސް މުޒާހަރާ އެއް ނުކުރި! މިހާރު ދީނީ ތައުލީމު މުހިންމެއް ނޫން؟ ސްކޫލެއްވެސް މުހިންމެއް ނޫން؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށި ކަމަށް ބުނި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އެންމެ ގާބުރިއެއް ވެސް ނުބާއްވައި، އެންމެ ފަހުން އެ އެއްބަސްވުން ބާތިލުކޮށްފި އެވެ.

ނަމަވެސް އެމްޑީޕީ ސަރުކާރުގައި އެމްޑީޕީ ލާދީނީ ކޮށް މުޒާހަރާ ކުރަން ނުކުމެ އުޅުނު އަރަބިއްޔާގެ ބެލެނެވެރިން ކަމަށް ބުނާ މީހުން މިއަދަކު ނުފެނެއެވެ. އެމީހުން މުޒާހަރާއެއްވެސް ނުކުރެއެވެ. ސޯޝަލް މީޑިޔާގައި ސްކޫލު ނޭޅިގެން ޕޯސްޓެއްވެސް ކޮށް ނުލައެވެ. މިއަދު ދީނީ ތައުލީމަށް މި ސަރުކާރުން ހުރަސް އަޅާ ކަމަކަށްވެސް ނުވެއެވެ. ސްކޫލް އަޅުން މުހިންމެއްވެސް ނުވިއެވެ.

އަރަބިއްޔާ ސްކޫލް ބެލެނެވެރިން ކަމަށް ބުނާ ބަޔަކު އޭރު އުޅެމުން ދިޔައީ ބަނީ އިސްރާއިލުގައި އެ ޒަމާނުގައި އުޅުނު، ޔަހޫދީން އުޅެމުން ދިޔަ ގޮތަށް ކަމަށް އޭރު ވެސް މީހުން ދިޔައީ ބުނަމުންނެވެ. އެ ޖަމާއަތުގެ އިސްމީހަކަށް ހުރި ޔޫސުފް އުޅުނީ މަޖިލީސް އިންތިހާބަށް ނައިފަރު ދާއިރާއަށް ކުރިމަތި ލައިގެންނެވެ. ﷲގެ ހެޔޮ ރަހުމަތުން އޭނާ ނުހޮވެއެވެ. އެންމެ ފަހުން އޭނާ އުޅުނީ، އަރަބިއްޔާގެ ކުޑަކުދިން ތަކަކާއި ބެހުނު ޒަމްޒަމް ފާރިޝްގެ ދިފާޢުގައެވެ. ދެން ފެންނަނީ ޕީއެންސީ ފަރާތްތަކާއި އެކު ސިޔާސީ މަސައްކަތްތަކުގައި އުޅޭ ތަނެވެ.

މިއަދު ދިވެހި ރައްޔިތުންނަށް ސާފުވެގެން ދިޔައީ، އަރަބިއްޔާގެ ނަމުގައި، އަރަބިއްޔާއަށާއި، އެ ސްކޫލުގެ ދަރިވަރުންގެ ނަމަށް ހުތުރުވާހެން އޭރު އުޅުނު ބަޔަކީ ސިޔާސީ ނުބައި މަގުސަދެއް ހާސިލް ކުރަން އަރަބިއްޔާގެ ނަން ބޭނުން ކުރި ބައެއް ކަމެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ކުރީގެ ސަރުކާރުން ސެޕްޓެމްބަރު 29، 2022 ގައި އަމިން ކޮންސްޓްރަކްޝަންއާއެކު ސޮއިކުރި އެވެ. ބާޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 168.5 މިލިއަން ރުފިޔާއަށް ހަވާލުކުރި ނަމަވެސް، އިމާރާތުގެ ކުރެހުމަށް ގެނައި ބަދަލާއެކު މަސައްކަތުގެ އަގު 240 މިލިން ރުފިޔާ ކަމަށް އަމިން ކޮންސްޓަރަކްޝަން އިން ހުށަހެޅި އެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު އަރަބިއްޔާ ސްކޫލުގެ މައްސަލައިގައި އަޑުއުފުލި ނަމަވެސް، މި ސަރުކާރަށް 10 މަސް ފާއިތުވެގެން ދިޔައިރު، އަބިއްޔާ ސްކޫލާ ގުޅޭ ގޮތުން އާންމުންނަށް އެނގޭ ގޮތަށްކޮށްފައި އޮތީ، މަސައްކަތް ނުފަށައި މަސައްކަތް ފެށި ކަމަށް ބުނުމެވެ.

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ހަފުތާ 14ގެ ތެރޭގައި ފެށި ކަމަށް ދެއްކުމަށްޓަކައި އެ ސްކޫލުގެ ޓީޗަރުންނާއި ބައެއް ދަރިވަރުންނާއެކު، އެ މަޝްރޫއު ބަދަލުކުރި މާލޭގެ 381 ކޮށްޓަށް އެޑިއުކޭޝަން މިނިސްޓަރު ވަޑައިގެން ފޮޓޯއެއް ނެގި އެވެ.

އޭގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް އެ ކޮށީގައި އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދިޔަ ތަނެއް ނުފެނެ އެވެ.

ލަސްތަކެއް އައި ނަމަވެސް ސްކޫލުގެ މަސައްކަތް ދެ އަހަރު ދުވަސް ތެރޭގައި ނިންމައި ޖެނުއަރީ، 2026 ގައި އަރަބިއްޔާގެ އާ ސްކޫލުގައި ކިޔަވައި ދެވޭނެ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވެ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލްކުރިކަން އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، އެ މައުލޫމާތު އެނގޭ ބައެއް ބޭފުޅުން އެކަން ކަށަވަރުކޮށްދެއްވި އެވެ.

އަރަބިއްޔާ ސްކޫލް މިހާރު ހިންގަނީ ކުރިން ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތެއްގެ ގޮތުގައި ބޭނުންކުރި ތަނުގަ އެވެ.