ޚަބަރު

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައި އަމުރު ތަންފީޒު ކުރުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލްގައި މުއިއްޒު ގޮވާލައްވައިފި!

ދިޔަވަރު
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައި އަމުރު ތަންފީޒު ކުރުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލްގައި މުއިއްޒު ގޮވާލައްވައިފި!

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމަަށް ބައިނަލްއަގުވަމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް މުއިއްޒު ގޮވާލެއްވީ މިއަދު ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ކުރައްވަމުންނެވެ.

މި ތަގުރީރުގައި މުއިއްޒު ވިދާވީ, އަދުލު އިންސާފު ގާއިމްވާނީ ޔޫއެންއިން އެ މުވައްސަސާގެ ގުވަންތަކުން ނިންމާ ނިންމުންތައް ތަންފީޒު ކޮށްގެން ކަމަށާއި, ގާޒާގެ ހިނގަމުންދަ ހަނގުރާމައާއި ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނިންމާފައިވާ އެ ނިންމުން ތަންފީޒު ކުރަން ޖެހޭކަމުގައެވެ.

ފާއިތުވި މޭމަމަހު, އިންޓަރނޭޝަނަލް ކުރިމިނަލް ކޯޓުގެ ޕްރޮޖެކިއުޓަރުން ވަނީ ގާޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މީހުންތަކެއް ހައްޔަރުކުރުމަށް ހުށަހަޅާފަ. މިއިންސާފު ގާއިމްކުރުމަށް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންގެ އެއްބާރުލުމަށް ދުނިޔެއިން ބޭނުންވޭ. އަދި މި ނިންމުން ދެކޮޅަށް ސެކިއުރިޓީ ކައުންސިލުން މަސައްކަތް ކުރަން ދުނިޔެ ބޭނުމެއް ނުވޭ.

ހަމާސްގެ ލީޑަރުން ހައްޔަރުކުރުމަށް ޖިނާއީ ކޯޓުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން ތާއީދު ކުރުމަށް ގޮވާލައްވަމުން މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ރައީސަކު, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނަށް އަބަދުދިނުމަށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް, އިރާނުގައި ދާދިފަހުން އިސްރާއީލުން ހަމަލާ ދީގެން ޝަހީދުކޮށްލި, ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމައިލް ހަނިއްޔެގެ މައްޗަށް ރާއްޖޭގައި ޢައިބުގައި ކަށުނަމާދު ކުރުމަށް ރަސްމީކޮށް އެންގުމަށް މުއިއްޒުގެ ސަރުކާރުން ދެކޮޅު ހަދާފައި ވެއެވެ. އިސްމާއިލް ހަނިއްޔެއަކީ, ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ހަމާސްގެ 3 ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ.

ހައްޔަރު ކުރުމަށް އެކޯޓުން އަމުރު ނެރެފައިވާ, ހަމާސް ޖަމާއަތުގެ އެހެން ލީޑަރުންނަކީ އެޖަމާއަތުގެ އަސްކަރީ ގޮފީގެ ކުރީގެ ވެރިޔާ, އަދި ހަމާސްގެ އާ ލީޑަރު ޔަހުޔާ ސިންވާރުގެ އިތުރުން މުހައްމަދު ދައިބު އިބުރާހިމް އަލް މަސްރީއެވެ.

މުއިއްޒުގެ ސަރުކާރުން ވަނީ, ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ, އިސްރާއީލުގެ ގަތުލުއާންމާ ދެކޮޅަށް މުޒާހިރާކުރަމުންދިޔަ ދެ އަންހެން ކަބަލަކު ހަޔަރުވެސް ކޮށްފައެވެ. އަދި އެތައް ދިވެހި ރައްޔިތުންނެއްގެ ޑިމާންޑްތަކާ އެކުވެސް, އިޒްރާއީލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާކުރުމަށްވެސް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ.

އެނގިފައިވާ ގޮތުގައި, ޔޫއެންގެ ސެކިއިރިޓީ ކައުންސިލްގައި, ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް މުއިއްޒު ގޮވާލެއްވީ ހުޅަނގުގެ ގައުމުތައް ރުއްސުމުގެ ބޭނުމުގައެވެ. ރައީސް މުއިއްޒު ފާހަގަ ވެފައިވަނީ ހުޅަނގުގެ ގައުމުތަކުގެ އުގަށް ވެއްޓި, ދިވެހިރާއްޖެއިން ގަބޫލުކުރާ ދީނީ އަދި ތާރީޚީ އެތައް އަސާސްތަކެއް މުގުރާލަމުން ގެންދަވާ ރައީސެއްގެ ގޮތުގައެވެ.