ޚަބަރު

ފަލަސްތީނުގެ ފޮށާއަޅައި ހެޔޮ އެދޭކަމަށް އދ ގައި ދެއްކުމަށްފަހު، ފަލަސްތީނާއި ލުބުނާނުގެ މުސްލިމުން މެރުމަށް، އަޅާ ބޮންތައް އިޒްރޭލަށް ދޭ، އެމެރިކާ އަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާރުތައް ދޭން ޖެހޭ ކަމަށް މުއިއްޒު ހާމަ ކުރައްވައިފި

ދިޔަވަރު
ފަލަސްތީނުގެ ފޮށާއަޅައި ހެޔޮ އެދޭކަމަށް އދ ގައި ދެއްކުމަށްފަހު، ފަލަސްތީނާއި ލުބުނާނުގެ މުސްލިމުން މެރުމަށް، އަޅާ ބޮންތައް އިޒްރޭލަށް ދޭ، އެމެރިކާ އަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާރުތައް ދޭން ޖެހޭ ކަމަށް މުއިއްޒު ހާމަ ކުރައްވައިފި

ފަލަސްތީނަށް ހެޔޮ އެދޭކަމަށް ދެއްކުމަށް ފަހު، ފަލަސްތީނާއި ލުބުނާނުގެ މުސްލިމުން މެރުމަށް، އަޅާ ބޮންތައް އިޒްރޭލަށް ދޭ، އެމެރިކާ އަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާރުތައް ދޭން ޖެހޭ ކަމަށް މުއިއްޒު ހާމަ ކޮށްފިއެވެ. އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ "ޑީންސް ލީޑާޝިޕް ސީރީސް" ގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ކަނޑުގެ ބައިނަލްއަގުވާމީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށެވެ.

"ބައެއް މީހުން ހިތަށް އަރާނެ ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި އެންމެ ވަރުގަދަ އެއް ބާރާއި ގުޅުން އޮންނަން މުހިންމީ ކީއްވެވެބާވައޭ. އިންޑިއާ ކަނޑުގައި ހިނގާ މައުމާލާތް ބައިނަލްއަގުވާމީ ވިޔަފާރިއަށް މުހިންމުވެ، ރައްކާތެރިކަން ބޭނުންވޭ. ދުނިޔޭގެ ތިންބައިކުޅަ އެއްބައި ބަލްކް ކާގޯ ދަތުރުކުރަނީ އިންޑިއާ ކަނޑުން،" ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބާރުތައް އެމެރިކާއަށް ދިނުމުގެ މުހިންމުކަން ހާމަ ކުރުމަށް ރައީސް ވިދާޅުވި އެވެ.

މިއީ ޕީއެންސީ އިން އެ ހިމާޔަތް ކުރާ އިސްތިޤްލާލު ދޯއެވެ. ހަމަ ޖެހުން ދެމެހެއްޓުމުގެ ނަމުގައި އެމެރިކާއިން ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި އިރާގުގައި ހިންގި ހަރަކާތްތައް މަދެއް ނޫނެވެ. ހަމަ ޖެހުން ދެމެހެއްޓުމަށް އިންޑިޔާ ކަނޑުގައި މަސައްކަތް ކުރަން ޖެހޭނީ ރާއްޖެ އާއި، މި ސަރަހައްދުގެ ބާރުތަކުންނެވެ. ޗައިނާ އާއި، އެމެރިކާއާއި، ރަޝިޔާ ގެނެސްގެން ނޫނެވެ. މިއީ ޤައުމަށް ޤައްދާރުވުން ނޫން ކޮންކަމެއް ތޯއެވެ؟ ރާއްޖޭގެ ސަރަހައްދަށް ބޭރުގެ ބާރުތައް ގެނެސް ސަރަހައްދީ ހަމަ ނުޖެހުން މުއިއްޒު ދަނީ ނަގާލަމުންނެވެ.

އިޒްރޭލުގެ ވާހަކަ އދ. ގައި އިޒްރޭލާއި ދެކޮޅަށް %90 މެމްބަރު ގައުމުތަކުން ވާހަކަ ދެއްކިއިރު، އިޒްރޭލަށް އެހީވާ އެމެރިކާއަށް އެއްޗެއް ބުނަން ނުކެރުނު ގައުމެއް ގޮތުގައި ރާއްޖެ ފެނިގެން ދިޔައެވެ.

މިއީ އެމްޑީޕީއިން ހާމަ ކުރި ވާހަކަ އެއް ނަމަ، ކަނޑުވިއްކާލަނީ ކަމަށް ބުނެ ތުހުމަތު ކުރާނެއެވެ. މިއީ އެމްޑީޕީއިން ދެއްކި ވާހަކަ އެއް ނަމަ، ފަލަސްތީނުގެ މުސްލިމުން މަރާ ބަޔަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާރުތައް ނުދިނުމަށް ބަޔަކު ގޮވާލައި މުޒާހަރާ ކުރާނެއެވެ. މިއީ އެމްޑީޕީ ވެރިކަމެއްގައި ބުނި ވާހަކަ އެއް ނަމަ، އެމްޑީޕީއަކީ ހުޅަނގުގެ ލާދީނީ ބައިގަނޑަކަށް ވާނެއެވެ. ނަމަވެސް މުއިއްޒު ދައްކާ މިކަހަލަ ވާހަކަތަކަކީ ޤައުމަށް ބޭނުންތެރި، ޤައުމީ ލޯބި ނޫން އެއްޗެއް އޭގައި ނެތް ވާހަކަ ތަކެއް ކަމަށް ދަނީ ހަމަ އެމްޑީޕީ ލާދީނީ ކުރާ ފަރާތްތަކުން ދައްކަމުންނެވެ.

އޭޝިއާ އާއި ޔޫރަޕާ ދެމެދު ކުރެވޭ 75 ޕަސަންޓަށްވުރެ ގިނަ ވިޔަފާރީގެ މުއާމަލާތް އިންޑިއާ ކަނޑު މެދުވެރިކޮށް ކުރުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅަށް ބޭނުންވާ ތެލުގެ 50 ޕަސަންޓު ވެސް ކޮންމެ ދުވަހަކު އިންޑިއާ ކަނޑު މެދުވެރިކޮށް ފޮނުވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރާއްޖެއަކީ ކޮންމެ ގައުމަކުން ވެސް ނުފޫޒު ފޯރުވަން ބޭނުންވާ ގައުމަކަށް ވާނެ ކަމަށާއި އެގޮތުން އެ ހަމަޖެހުން ގާއިމުކޮށް ރިޔާސީ އިންތިހާބުގައި ވައުދުވި ގޮތަށް ރާއްޖެއަކީ މިނިވަން ގައުމެއް ގޮތުގައި ބޭއްވުމަށް ގައުމުތަކާއެކު ގުޅުން ބާއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާއިން އިޒްރޭލަށް ވާގިވެރިވެ ފަލަސްތީނުގެ ގާޒާ އާއި ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރާއްޖެ އާއި އެމެރިކާއާ އޮތް ގުޅުން ވަރުގަދަ ކުރާތީ ގިނަ ބަޔަކު އެކަމަށް އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އެމެރިކާއިން ގާޒާގައި ހިންގާ ލާއިންސާނީ ކަންތައްތަކާ ގުޅިގެން އެއްވެސް ކަމެއް ނުކޮށް އިޒްރޭލަށް ވާގިވެރިވާތީ ގިނަ ދިވެހިންގެ ނުރުހުން އެމެރިކާއަށް އޮތީ އަމާޒުވެފަ އެވެ.