ޚަބަރު

އދ. ގައި އެމެރިކާ އާއި ދެކޮޅަށް ބަހެއް ބުނަން ނުކެރުނު ފިނޑި ވެރިއެއްގެ ގޮތުގައި މުއިއްޒު ހިމެނިއްޖެ! އިޒްރޭލާއި ދެކޮޅަށް މުއިއްޒު ދެއްކި ވާހަކަ އަކީ، މުސްލިމް ނޫން ގައުމުތައް ހިމެނޭހެން އދ.ގެ %99 ގައުމުން ވެސް ދެއްކި ވާހަކަ!

ދިޔަވަރު
އދ. ގައި އެމެރިކާ އާއި ދެކޮޅަށް ބަހެއް ބުނަން ނުކެރުނު ފިނޑި ވެރިއެއްގެ ގޮތުގައި މުއިއްޒު ހިމެނިއްޖެ! އިޒްރޭލާއި ދެކޮޅަށް މުއިއްޒު ދެއްކި ވާހަކަ އަކީ، މުސްލިމް ނޫން ގައުމުތައް ހިމެނޭހެން އދ.ގެ %99 ގައުމުން ވެސް ދެއްކި ވާހަކަ!

އދ. ގައި އެމެރިކާ އާއި ދެކޮޅަށް ބަހެއް ބުނަން ނުކެރުނު ފިނޑި ވެރިއެއްގެ ގޮތުގައި މުއިއްޒު ހިމެނިއްޖެއެވެ. އިޒްރޭލާއި ދެކޮޅަށް މުއިއްޒު ދެއްކި ވާހަކަ އަކީ، މުސްލިމް ނޫން، ކާފަރު ގައުމުތައް ހިމެނޭހެން އދ.ގެ %99 ގައުމުތަކުން އިޒްރޭލް ކުށްވެރިކޮށް ދެއްކި ވާހަކަ ތަކެވެ. އދ. ގައި އިޒްރޭލް ކުށްވެރިކޮށް ވާހަކަ ދެއްކުން އާންމުވެ، އެއީ މޮޅު ކަމެއް ގޮތުގައި ބަލައިގަންނަ އެއްވެސް ޤައުމެއް މިހާރަކު ނެތެވެ. މުއިއްޒަށް އިޒްރޭލުން ހިންގާ ގަތުލު އާންމަށް ވާގިދޭ ގައުމުތަކުގެ ވާހަކަ ދައްކަން ނުކެރުނެވެ.

ފަލަސްތީނުގައި ގަތުލުއާންމެއް ހިނގާއިރު، އެކަން ނުހުއްޓުވިގެން އުޅެނީ އިޒްރޭލުގެ ސަބަބުން ނޫނެވެ. އިޒްރޭލުން އެކަނި ހިނގާ ގަތުލުއާންމެއް އަދި ހަނގުރާމައެއްް ނަމަ، ފަލަސްތީނުގެ މުސްލިމުން އިޒްރޭލުގެ މައްޗަށް ކުރި ހޯދީސްއެވެ. އެ ކުރި އެކުން ނުލިބި، އަދި ލުބުނާން، ސީރިޔާ، ސައުދީ، އިރާން، ފަދަ ހުރިހާ މުސްލިމް އަރަބި ޤައުމެއް ފަލަސްތީނާއި ގުޅިގެން އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރިއަސް، ފަލަސްތީނަސް ކާމިޔާބު ލިބޭނެ ގޮތެއް ނެތީ، އެމެރިކާގެ ހަތިޔާރާއި، އެމީހުން ހަނގުރާމަ މަތީ ބޯޓު ފަހަރުތަކާއި، ސިފައިން މިކަމުގައި އެންމެ މަތީ ލެވެލްގައި ބައިވެރިވެ މި ހަނގުރާމައިގެ ބައިވެރިއެއްގެ ގޮތުގައި އޮތުމުންނެވެ.

ނަމަވެސް، މާ ފަލަސްތީނަށް ހެޔޮ އެދޭ މީހެއް ކަމަށް ދެއްކުމަށް، ފޮށާއަޅައި، ޗަރުކޭސް ކުޅުމަށް ފަހު، އެމެރިކާއަށް ރާއްޖޭގެ ކަނޑުގެ ބާރުތައްވެސް ދޭން މުއިއްޒު ވަނީ މި ދަތުރުގައި ނިންމާފައެވެ. ފަލަސްތީނަށް ސަޕޯޓް ކުރާ ކަމަށް ދެއްކުމަށް މުއިއްޒު ޖައްސަމުން ދަނީ ޑްރާމާއެކެވެ.