ފިޗްއާއި، މޫޑީ އިން ރާއްޖޭގެ ރޭޓިންގ ދަށް ކުރީ އިޒްރޭލު ޔަހޫދީން ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައި ވަނިކޮށް، މޫޑީއިން އިޒްރޭލުގެ ރޭޓިން ދަށް ކުރަން ނިންމައިފިއެވެ. މި ގޮތަށް ދޮގު މައުލޫމާތު ފަތުރާގައިވަނީ ރައީސް މުއިއްޒުގެ ސަޕޯޓަރުންނެވެ. ބެލެވޭ ގޮތުގައި މި ދޮގު ފަތުރާފައިވަނީ ރައީސް އޮފީހުގެ އިސް ފަރާތްތަކުން އަޑީގައި ތިބެގެން ރާއްޖޭގައި ތިބި ދީނަށް ލޯބި ކުރާ ފަރާތްތަކަށް ޙަޤީގަތް އޮޅުވާލުމުގެ ނުބައި ނިޔަތުގައެވެ.
އިޒްރޭލުގެ ޗެނަލް 13 އިން ރިޕޯޓް ކޮށްފައިވާކަމަށް ބުނެ ދުނިޔޭގެ ނޫސްތަކަށް ވަނީ އިޒްރޭލުގެ ރޭޓިންގ މޫޑީއިން ދަށްކުރަން ނިންމާފައިވާ ޚަބަރު އަރާފައެވެ. އަދި މިރޭގެ ވަގުތެއްގައި ރޭޓިންގ ދަށް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ އިސްލާމުންނާއި، އިޒްރޭލުގެ އަނިޔާވެރި ވެރިކަމާއި ދެކޮޅު ހުރިހާ ފަރާތްތަކަށް ލިބޭ އުފާވެރި ޚަބަރެކެވެ.