ރައްޔިތުންގެ ފާޑު ކިޔުން އަމާޒުވުމުން، ނަތަންޔާހޫގެ ސްޕީޗްގެ މެދު ތެރެއިން އދ. އިން ނުކުންނަމުން ހުސް ގޮނޑީގެ ފޮޓޯ ނަގައި ސޯޝަލް މީޑިޔާގައި އާންމުކޮށްފި އެވެ.
މުސްލިމް ހުރިހާ ޤައުމަކުން ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުންވެސް ނުކުންނަށް ނުކެރި ތިބީ ރާއްޖެއިންނެވެ.ނިވްޔޯކުން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރީ ނުކުންނަން ނެކރިފައިތިބީ ސީޓިންގ އަރޭންޖެމެންޓް ހުރި ގޮތުން އިޒްރޭލާއި މާ ދުރުނޫން ތަނެއްގައި ތިބެން ޖެހުމުންނެވެ.
ނަމަވެސް ސޯޝަލް މީޑިޔާގައި މިވާހަކަތައް ފެތުރުމުން، ނުކުންނަން ދަމުން، ތިބި ތަނުގެ ފޮޓޯ ނަގައި ގެން ވަނީ ގޮސްފައެވެ. އެވަގުތު އެތާ ތިބީ އެމްބަސީގެ ޑިޕްލޮމެޓުންނެވެ. ޑިޕްލޮމެޓުން ލައްވާ ފޮޓޯ ނެގީ މަތިން އަންގައިގެން ކަމަށާއި، އެތާ ނެތް ނަމަ ފޮޓޯ ނުލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ފާޑު ކިޔުން އަމާޒު ވުމުން ނުކުތްތައް އަމިއްލަ އަށް ވީޑިޔޯކޮށް، އެއަށް އަޑު އަޅައި ވަނީ ބަދަލުކޮށްފައެވެ. ދިޔަވަރަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރީ، ވީޑިޔޯ ކޮށްފައިވާ ގޮތަށް ބަލާލުމުން މިކަން ހާމަވާނެ ކަމަށާއެި، ކޮށްފައިވާ ވީޑިޔޯގައި ވަނީ ސީދާ އެ ދެކުދިންނަށް ކެމެރާ އަމާޒު ކޮށްގެން ވީޑިޔޯ ނަގާފައި ކަމަށާއި، އަދި އެ ކުދިން ނުކުތް އިރު، އެހެން އެއްވެސް ބަޔަކު ނުކުންނަ ތަން ނުފެންނާނެ ކަމަށެވެ. އެއީ މާފަހުން ނުކުތުމުން ކަމަށެވެ. ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުގެ ކުރިން ނުކުތް ނަމަ، ގިނަ އަދަދެއްގެ ބަޔަކު ނިކުންނަތަން ފެންނާނެއެވެ. އަދި ފަހުން އެ ވީޑިޔޯއަށް ނަތަންޔާހޫ ޕޯޑިއަމް އަށް ދިޔަ ގަޑީގައި އަތްޖެހި އަޑު އަޅާފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ސަރުކާރުން މިވަރަށް ކަންކަން އޮޅުވާލައި ރައްޔިތުންނަށް ދޮގު ހަދަމުން ދިޔުމުގެ ބަދަލުގައި ކަންކަން ރަނގަޅުކުން މާ މުހިންމެވެ.