ނާޒިމް ހެލްތު މިނިސްޓަރަށް، ޚަލީލް ފޮރިންގ މިނިސްޓަރަށް، ޒަމީރު ފިނޭންސް މިނިސްޓަރުކަމަށް ގެނައުމަށް މުއިއްޒު ނިންމައިފިއެވެ.
ކެބިނެޓަށް މި ބަދަލުތައް ގެންނަން ނިންމިކަން އެކި ފަރާތްތަކުން ދިޔަވަރު އަށް ކަށަވަރު ކޮށްދީފައި ވީ ނަމަވެސް، ސަރުކާރުން އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދަން އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ނޫސްތަކުން ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވައެވެ.
ނާގާބިލު މިނިސްޓަރުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރިއަސް ތަނަކަށް އަންނާނެ ކުރިއެރުމެއް ނެތެވެ. މުއިއްޒަށް އޮތީ މުއިއްޒު ކަހަލަ ނާގާބިލު މީހުން ގޮވައިގެން ޤައުމު ބަނގުރޫޓު ކޮށްލުމެވެ. އޭގެ ކުރިން ލިބެންހުރި ހުރިހާ މުއްސަނދިކަމެއް ހާސިލް ހޯދައި 5 އަހަރު ދުވަހުން މުއްސަނދިކަން ހޯދެން އޮތް ވަރަކަށް ހޯދުމެވެ.
މިއަދުގެ ވަގުތެއްގައި ސަރުކާރުން މި ނިންމުންތައް އިއުލާންކޮށް، ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.