ޚަބަރު

މުއިއްޒުގެ ބޭކާރު ޚަރަދުތައް ބޮޑުވެގެން، މާލީ ހާލަތު ކޮންޓްރޯލް ނުވެގެން، ފިނޭންސް މިނިސްޓަރ ޝަފީގު އިސްތިއުފާދީފި

ދިޔަވަރު
މުއިއްޒުގެ ބޭކާރު ޚަރަދުތައް ބޮޑުވެގެން، މާލީ ހާލަތު ކޮންޓްރޯލް ނުވެގެން، ފިނޭންސް މިނިސްޓަރ ޝަފީގު އިސްތިއުފާދީފި

މުއިއްޒުގެ ބޭކާރު ޚަރަދުތައް ބޮޑުވެގެން، މާލީ ހާލަތު ކޮންޓްރޯލް ނުވެގެން، ފިނޭންސް މިނިސްޓަރ ޝަފީގު އިސްތިއުފާދީފި ކަމަށް އޭނާގެ ވަރަށް ގާތް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދީފިއެވެ.

ޚަރަދު ތައް މަދުކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށް ފިނޭންސް އިން ހުށައަޅާފައިވާ އެއްވެސް މާލީ ލަފައެއް މުއިއްޒު ބަލައި ނުގަނެއެވެ. މާލީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ހުށައެޅުމުންވެސް އެ ބަދަލު ތަކަކީ ކިހާ މުހިންމު ކަންކަން ކަމެއް މުއިއްޒު އަށް ދޭހަ ނުވާ ކަމަށާއި، ފިނޭންސް މިނިސްޓަރ ދެއްވާ މާލީ ލަފާގެ ބޭނުން ނުހިފައި، ޚަރަދުތައް ކުރަމުންދަނީ ހިތު ހުރި ގޮތަކަށް ކަމަށް ވާތީ، އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ދަތިކަން ހުރުމުން މިނިސްޓަރ އިސްތިއުފާ ދެއްވި ކަމަށް އޭނާ ހާމަ ކުރިއެވެ.

ފީނޭންސް މިނިސްޓަރ ދެއްވާފައިވާ މާލީ އެޑްވައިޒަރާއި ދެކޮޅަށް، މުއިއްޒު ވަނީ 500 މިލިއަން ރުފިޔާއަށް އެއްވެސް ބޭނުމެއް ނުހިފާ ޑްރޯން ތަކެއް ގަނެފައެވެ. މުއިއްޒު ވަނީ މާލީ ކަންކަން ގޯހުން ގޯހަށް ދާހެން ބަޖެޓް ކޮށްފައި ނުވާ، އަދި ރާއްޖެއަށް މިވަގުތަށް ބޭނުން ނުވާ ފުށިދިއްޤަރުފަޅަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް އެތަން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.

މާލީ ގޮތުން މުއިއްޒަށް އަރުވާފައިވާ ލަފާޔާއި އިނދިކޮޅަށް، މުއިއްޒު ވަނީ ހުރިހާ އެސްއޯއީތަކުން ކެމްޕެއިން ތަކަށް ފައިސާ ހޯދުމުގެ ނަމުގައި ކަމަށް ބުނެ މުއިއްޒަށް އެކި މިންވަރަށް ފައިސާ ގެނެސް ދިނުމަށް އެމްޑީއިންނަށް އަންގާފައެވެ. މި ގޮތުން އެސްއޯއީތަކުގެ އެމްޑީއިން ވާދަވެރި ކަމާއި އެކު އެކަކު އަނެކަކަށް ވުރެ، ބޮޑަށް ވައްކަށް ކޮށް ފައިސާ ހޯދައި މުއިއްޒަށް ދެނީ ހަދިޔާ ކުރަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހުއްޓި މުއައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތިގެން ދާދި ފަހުން ވަނީ ބޭންކުން ލޯނެއް ދޫކޮށްފައެވެ.

މިހާރު އަލަށް ފިނޭސޭންސް މިނިސްޓަރު ކަމަށް ގެންނަ، ޒަމީރަކީވެސް، ބެލޭންސް ޝީޓެއްވެސް ބަލަން ނޭނގޭ މާލީ ކަންކަމުގައި އެއްވެސް އިލްމެއް އަދި ތަޖުރިބާއެއްވެސް ހުރި ފަރާތެއް ނޫނެވެ. މިހެން ވުމުން، މިހާރަށް ވުރެ ބޮޑަށް މާލީ ހާލަތު ގޯސްވެގެން ދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ރާއްޖޭގައި މާލީ ޤާބިލު ކަން ހުރި އެއްވެސް މީހެއް އެ މަޤާމަށް އަންނަން ބޭނުން ނުވަނީ މުއިއްޒުގެ ވެރިކަން ކުރުމުގެ އަޚުލާގު ހުރި ގޮތުން ރަނގަޅަށް މަސައްކަތް ކުރުމުގެ ފުރުޞަތެއް މިވެރިކަމުގައި ނެތުމުންނެވެ.

ފިނޭންސް މިނިސްޓަރު ކަމަށް އަންނަން ސާޖިދާ ކައިރިއަށް ގޮސް ޚަލީލް ވަނީ މީގެ ކުރިން އާދޭސް ކޮށްފައެވެ. ޚަލީލު އަކީ ފޭކް ޕީއެޗްޑީއެއް ގެންްގުޅޭ ގްރޭޑް 7 ގެ ހިސާބުގެ ފެންވަރުވެސް ނެތް މީހެކެވެ.