ޚަބަރު

ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުންނާއި ރައީސުލްޖުމުހޫރިއްޔާ ޖަވާބު ދެއްވުމަށް ކަމަށް ވިދާޅުވެ ފެއްޓި "އަހާ" ފޯރަމް ހުއްޓުމަކަށް އައިސްފި, ސީދާ ރައްޔިތުންނަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު!

ދިޔަވަރު
ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުންނާއި ރައީސުލްޖުމުހޫރިއްޔާ ޖަވާބު ދެއްވުމަށް ކަމަށް ވިދާޅުވެ ފެއްޓި "އަހާ" ފޯރަމް ހުއްޓުމަކަށް އައިސްފި, ސީދާ ރައްޔިތުންނަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު!

ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުންނާއި ރައީސުލްޖުމުހޫރިއްޔާ ޖަވާބު ދެއްވުމަށް ކަމަށް ވިދާޅުވެ ފެއްޓި "އަހާ" ފޯރަމް ހުއްޓުމަކަށް އައިސް, މުއިއްޒުގެ ޕީއާރު ބޮއްސުން ލައިފިއެވެ.

"އަހާ"ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ އާންމު ފޯރަމްތަކުގެ ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިއަަހަރުގެ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ. އެ ފޯރަމް ބާއްވާފައިވަނީ ސަލްޓަން ޕާކުގައެވެ. އެ ފޯރަމްގައި ބައެއް ވަޒީރުން ވަނީ އެ ފޯރަމަށް ހާޒިރުވި ބައެއް މީހުންގެ ސުވާލުތަކަށް ޖަވާބު ދީފައެވެ.

މި ފޯރަމް ސަރުކާރުން ފަށާފައިވަނީ ސަރުކާރުން ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދިނުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ބާއްވާ އާންމު ފޯރަމްތަކެއް ކަމަށް ބުނެއެވެ. މިފޯރަމަކީ ސީދާ މުއިއްޒު އިއުލާން ކުރި ފޯރަމްއެކެވެ. އަދި ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް ރައްޔިތުންނާ ބައްދަލުކުރައްވާ،

ރައްޔިތުންގެ ސުވާލުތަކަށް މި ފޯރަމްގައި ޖަވާބުދެއްވާނެކަމަށް މުއިއްޒު އިއުލާން ކޮށްފައި ވެއެވެ. ރައްޔިތުންނަށް ސީދާ ޖަވާބުދާރީ ވުމަކީ މުއިއްޒުގެ ރިޔާސީ ވައުދެއްވެސްމެއެވެ.

އެއަށްފަހު ވަނީ މުއިއްޒު ބައިވެރިވަޑައިގެންނެވި ފޯރަމެއްވެސް ސަލްޓަމް ޕާކުގައި ބާއްވާފައެވެ. އެހެންނަމަވެސް އެ ފޯރަމްތައް ސަރުކާރުން ބާއްވަމުން އައިސްފައިވަނީ, މުއިއްޒު ޕްރޮމޯޓު ކުރުމު މަގުސަދުގައި, ރައީސް އޮފީހުން ބޭނުންވާ ބަޔަކަށް އެކަނި އެ ފޯރަމްގައި ސުވާލު ކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިގެންނެވެ.

އެހެންނަމަވެސް މި ފޯރަމްގެ އެންމެ 3 ސިލްސިލާ ބޭއްވުމަށްފަހު މިހާތަނަށް ރައީސް އޮފީހުން މިއަދާ ހަމައަށްވެސް މި ސިލްސިލާގެ އެއްވެސް ފޯރަމެއް ބާއްވާފައެއް ނުވެއެވެ. އެގޮތުން މި ސިލްސިލާގެ ފޯރަމެއް ނުބާއްވާތާ މިހާރުވަނީ 5 މަސް ވެގެން ގޮސްފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުއިއްޒު ބައިވެރިވާ ގޮތަށް "އަހާ" ފޯރަމް މިހާރު ބާއްވަމުން ނުދަނީ އާންމު ރައްޔިތުންގެ ސުވާލުތަކަށް މުއިއްޒުއަށް ޖަވާބުދާނީ ނުވެވޭނެތީ ކަމަށް ވާތީއެވެ. އަދި މުއިއްޒުގެ ޕީއާރު އެއްކޮށް ފެއިލްވެ މިހާރު ބޮއްސުން ލާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވީ މުއިއްޒުގެ ޕީއާރު ބޮއްސުން ލާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވާ, ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލު ސޯޝަލް މީޑިއާއަށް އަހުލުވެރި ނުވުމާއި, ޒަމާނާ ނުފެތޭ އުސޫލުތަކަށް ބަރޯސާކޮށް މުއިއްޒު އިސްތިހާރުކުރުމަށް ހައްދަވައިގެން ކަމުގައެވެ. އޮފިޝަލް ވިދާޅުވީ ޚަލީލްއަކީ އަމިއްލައަށް ޓުވީޓުވެސް ޑްރާފްޓް ކުރަން ނޭގޭ މީހެއްކަމުގައެވެ.