މުއިއްޒުގެ ނާގާބިލު ކަމުން ހުއްޓިފައި އޮތް އާސަހަރާ ޕްރޮޖެކްޓް ބަޔަކު ނިންމުމުން، ދައުވަތު ނުދެނީސް ގަދަ ބާރުން ގޮސް އެތަން ހުޅުވުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ. މުއިއްޒު އެ ޕްރޮޖެކްޓް ނިންމާނެ ކަމަށް ބުނެ ތަފާތު އެކި ފަހަރު މަތިން ދިން އެކި ތާރީޚު ނިމި ގޮސް، އެ ޕްރޮޖެކްޓް ހުއްޓިފައި އޮތީ އެ ޕްރޮޖެކްޓުން މުއިއްޒު ކޮރަޕްޝަންގެ ގޮތުގައި ނެގި އަދަދު ބޮޑު ކަމުން ކޮންޓްރެކްޓަރ އަށް ޕްރޮޖެކްޓް ނިންމުމަށް ބޭނުންވާ ފައިސާ ޚަރަދު ނުކުރެވިގެންނެވެ.
މުއިއްޒުގެ މޭޔަރުކަން ނިމި، ރައީސް ކަމަށް ދިޔައިރު އެތަން ތަޅާލުން ފިޔަވާ މާބޮޑު މަސައްކަތެއް ހިނގާފައި ނުވިއަސް އެމްޑީޕީގެ މޭޔަރެއް އައިސް، ކުރި މަސައްކަތުން އެތަން ނިންމުމުން، އެމިއްލައަށް އެތަނަށް ގޮސް ހުޅުވުމުގެ ރަސްމިއްޔާތު އެޓޯލް މިނިސްޓްރީގެ ބާރުން މުއިއްޒު ނަގައި ޝަރަފުވެރި މެހުމާނަކަށް އަމިއްލައަށް ވެއްޖެއެވެ.
މުއިއްޒުގެ ނާގާބިލު ކަމުން އޭރު އެތަނުގެ މަސައްކަތަށް ގެނައި މުދަލާއި، ދަނގަޑު ބާވެ ދަބަރަށް ވެފައި އެތާ ހުއްޓެވެ. އާސަހަރާ މިސްކިތަށް މާލެސިޓީ ކައުންސިލުން އޭރު އިހުމާލުވެފައިވާކަމަށާއި އެތަނަށް އަޅާނުލާ ކަމަށް ވެސް އެތާ މުއައްޒަފުންވެސް ވަނީ އޭރު ނޫސްތަކަށް ބަޔާން ދީފައެވެ.
ދެމަސް ދުވަހުން ނިންމާނެ ކަމަށް ބުނެ 26 މޭއި 2023 ގައި އެމަސައްކަތް މުއިއްޒު ފެށީ އޭނާގެ ކެމްޕެއިނަށް ވަގަށް ފައިސާ ނެގުމަށް ކުރި މަސައްކަތެއް ގޮތުގައެވެ. މިސްކިތެއް ތަޅާލައި އަޅުމުން މުއިއްޒު ކޮރަޕްޓް ފައިސާ ނަގާފައިވާއިރު، ޕާކިންގ ސަރަހައްދު ތައް ވިއްކުމާއި، ގޭންގުތަކަށް އެއްލަކަ ރުފިޔާގެ ކުލީގެ ބިންތައް 5 ހާސް ރުފިޔާ އަށް ދިނުން ފަދަ ބޮޑެތި ވައްކަންކަން މުއިއްޒު ވަނީ ކޮށްފައެވެ.
މިފަދަ އެއްވެސް މައްސަލައެއް އޭސީސީއަށް ބެލޭވެރަށް ވުރެ ބޮޑަށް އޭސީސީގެ ފަރާތްތައް މުއިއްޒު ހުރީ ގަނެލާފައެވެ. މުއިއްޒަކީ އެހެން މީހުންގެ މަސައްކަތުގެ ކްރެޑިޓުން ވައްކަން ކުރައްވުމުގައި އެއްވެސް ލަދުވެތިކަމެއް ގެންގުޅުއްވާ ބޭފުޅެއް ނޫނެވެ.