ކޮންމެ ދުވަހަކު، ސާޖިދާ ބޭނުންފުޅުވެގެން، އެމްއެންޑީއެފް ސިކިޔުރިޓީން އޮފިސަރުން، ޕެރަޑައިސް އައިލެންޑަށް ފޮނުވައިގެން، އާރަށަށް އައިސްކިޔުބު ގެންނަ ވާހަކަ މުޅި މާލޭގައި ދެކެވެން ފަށައިފިއެވެ.
އާރަށަށް ފަސްޓްލޭޑީ އަށް ޚިދުމަތް ކުރުމަށް، ސަރުކާރުން ވަނީ ދާދި ފަހުން 5 މުއައްޒަފަކު ނެގުމަށް އިއުލާނުވެސް ކޮށްފައެވެ. ނަމަވެސް، މާލެތެރޭގައި ވާހަކަ ދެކެވެމުން ދަނީ، އެމްއެންޑީ އޮފިސަރުން ބޭނުންކޮށްގެން ޤާސިމް އިބްރާހިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓުން ގަނޑުގެން (އައިސް ކިޔުބު) ގެންނަވާ ވާހަކައެވެ.
މިއީ ކިހާވަރެއްގެ ހަޤީގަތެއް އޮތް ވާހަކައެއް ކަމަށް ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެފައެވެ. މި ވާހަކައާއި އެކު، ރައީސް މުއިއްޒު ތުރުކުރައްވާ ހެދުން ކޮޅުވެސް، ރިސޯޓަކުން އިސްތިރި ކުރައްވާ ވާހަކަ އާއި، މިކަންކަމުގެ ސަބަބުން، ފަސްޓް ކަޕްލްސްގެ ސަބަބުން ދުވަހަކުވެސް، ދައުލަތަށް ނުޖެހޭވަރުގެ ބުރަތައް އުފުލަށް އެމްއެންޑިއެފް މުއައްޒަފުންނަށް، ޖެހިފައިވާ ކަމަށް މާލެތެރޭ ކޮފީ މޭޒުތައް މަތީ ދެކެވޭ ވާހަކަތައް އިތުރުވަމުން ދާތީ މިވާހަކަތަކުގެ ތެދު ދޮގު އޮޅުން ފިލުވުމަށް ރައްޔިތުން ވަނީ ބޭނުން ވެފައެވެ.
ފަސްޓް ކަޕްލް އާއި ގުޅޭ ގޮތުން މާލެތެރޭ މިފަދަ ވާހަކަތައް ދެކެވޭ އިރު، އެވާހަކަތައް ނޫސްތަކަށް ނޭރިއަސް، ސަރުކާރުން އެއަށް ޖަވާބުދާރީ ވުމަކީ މުހިންމު ކަމެކެވެ.