ޚަބަރު

ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑެތި އިތުރުފުޅުތައް ހައްދަވަމުން ގެންދަވާ ރައީސް މުއިއްޒު، ދިވެހި ރައްޔިތުން އެމީހުންގެ އަމަލާއި ބަހާއި ދިމާ ކުރުމަށް އިލްތިމާސް ކުރައްވައިފި

ދިޔަވަރު
ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑެތި އިތުރުފުޅުތައް ހައްދަވަމުން ގެންދަވާ ރައީސް މުއިއްޒު، ދިވެހި ރައްޔިތުން އެމީހުންގެ އަމަލާއި ބަހާއި ދިމާ ކުރުމަށް އިލްތިމާސް ކުރައްވައިފި

ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑެތި އިތުރުފުޅުތައް ހައްދަވަމުން ގެންދަވާ ރައީސް މުއިއްޒު، ދިވެހި ރައްޔިތުން އެމީހުންގެ އަމަލާއި ބަހާއި ދިމާ ކުރުމަށް އިލްތިމާސް ކުރައްވައިފި އެވެ. މިކަމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވީ މިވަގުތު ހިނގަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ.

ވެރިއެއްގެ ކިބާގައި ހުންނަން ޖެހޭ އެންމެ މަތިވެރި އެއް އަޚްލާގަކީ އަމަލުން ތިމާގެ އިސްލާމް ކަމާއި އީމާން ކަމުން ރައްޔިތުންނަށް މިސާލު ދެއްކެވުން ކަމުގައި ވީނަމަވެސް، ރައީސް މުއިއްޒު މިއަދު ދިވެހި ރައްޔިތުންނާއި، ބޭރު ދުނިޔޭގައި މަޝްހޫރުވެފައި ވަނީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ގޮތުގައެވެ.

ރާއްޖޭގެ ގިނަ ރައްޔިތުން އެމަނިކުފާނަށް ކައްޒާބުގެ ނަމުން މުހާތަބު ކުރާއިރު، އެމަނިކުފާނުގެ ފަރާތުން ތެދުވެރިކަމުގެ އެންމެ ކުޑަ މިންވަރުވެސް ރައްޔިތަކަށް ފެނިގެން ނުދެއެވެ.

ނަމޫނާ ލިބިގަންނަންވީ ރަސޫލާގެ ސއވ ރިވެތި އަޚްލާޤުން، މުނާފިޤުންގެ ހުތުރު ފިތުނަތަކަކުން ނޫން ކަމަށް ބުނެ ރައްޔިތުންނާއި މުހާތަބު ކޮށްފައިވާއިރު، އެއްވެސް ބަޔަކަށް އަމާޒުކޮށް މުނާފިގުން ކަން ނުބުނުމަށް ކީރީތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމުގެ ހަދީސްފުޅުތަކުން ސާބިތުވެއެވެ.

މީގެ އިތުރުން، ހިޔާނާތްތެރި ވުމާއި، ވައްކަމާއި، ރައްޔިތުންގެ ފައިސާއިން ކޮންމެ ދުވަހަކުމެ، ކުރަމުންދާ ވައްކަމުގައި އެމަނިކުފާނުގެ ފުރިހަމަ ބައިވެރިވުން ހިމެނެއެވެ. މިއިން އެއްވެސް ކަމެއް ހުއްޓުވާފައި ނުވަނީ އެމަނިކުފާނަށް ސަރުކާރު ތެރެއިން އެމަނިކުފާނު އައްޔަން ކޮށްފައިވާ ފަރާތްތަކުން ކުރާ ވައްކަމުން މަންފާތަކެއް ކުރާތީ ކަމަށް އެންމެންވެސް ޤަބޫލު ކުރެއެވެ.