ޚަބަރު

މުއިއްޒު ދަތުރު ފެއްޓެވީ 20,100ރ ގެ އަގު ބޮޑު ބޫޓެއް ތުރުކުރައްވައިގެން

ދިޔަވަރު
މުއިއްޒު ދަތުރު ފެއްޓެވީ 20,100ރ ގެ އަގު ބޮޑު ބޫޓެއް ތުރުކުރައްވައިގެން

މުއިއްޒު އިންޑިޔާއަށް ވަޑައިގަތުމަށް، ދަތުރު ފެއްޓެވީ 20,100ރ ގެ އަގު ބޮޑު ބޫޓެއް ތުރުކުރައްވައިގެން ކަން ހާމަ ވެއްޖެއެވެ. މިއީ އިޓަލީގެ ލަގްޒަރީ ބްރޭޏްޑެއް ކަމަށްވާ، Salvatore Ferragamo ބްރޭންޑުގެ އަގުބޮޑު ބޫޓެކެވެ.

އޮންލައިންކޮށް މި ބޫޓު ވިއްކަން ޖަހާފައިވާ އަގަކީ، 1090 ޑޮލަރެވެ. އެއީ މިހާރު އެކްސްޗޭންޖް ރޭޓު ހުރި 18.50ރގެ ރޭޓުން ބަލާއިރު، 20،165ރ އެވެ.

ދިވެހިރާއްޖޭގެ ތަކެތީގެ އަގު އެހާމެ ބޮޑުވެފައި، ރައްޔިތުންނަށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިކޮށް، އަވަށްޓެރި ޤައުމަކަށް އެހީއަށް އެދުމަށް ވަޑައިގަންނަވާ ދަތުރަށް އެމަނިކުފާނު ތުރުކުރެއްވީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުގެ ލީޑަރުވެސް ތުރުނުކުރައްވާ ވަރުގެ އަގު ބޮޑު ބޫޓެކެވެ.

https://www.ferragamo.com/shop/us/en/men/moccasins-1/finley-763346

މި ބޫޓުގެ އަގު މި ލިންކުން ބައްލަވާލައްވާށެވެ. ރައްޔިތުންގެ ފައިސާ އަތްމައްޗަށް އެރުމުގެ ކުރިން އަގުބޮޑެތި ތަކެތި ގަނެ މުއިއްޒު ނަހައްދަވައެވެ.