ޚަބަރު

ދުސްތޫރީ ހުކޫމަތު ދަމަހައްޓަށް މަޖިލީހުގައި މިއަދު ކެރިގެން ނިހާދު ދެއްކެވީ ފުރިހަމަ މިސާލެއް!

ދިޔަވަރު
ދުސްތޫރީ ހުކޫމަތު ދަމަހައްޓަށް މަޖިލީހުގައި މިއަދު ކެރިގެން ނިހާދު ދެއްކެވީ ފުރިހަމަ މިސާލެއް!

ރައްޖޭގެ މަޖިލީހުގައި އޮންނަންޖެހޭ ހަމައާއި އުސޫލު ރައީސް ނަޝީދުގެ ނުފޫޒުން މިއަދު ވަނީ ދުއްވާލާފައެވެ. ވޯޓަށް ބިރުން އެމަނިކުފާނާއި އެކަމަނިކުފާނުގެ ކޮއްކޯފުޅު ފިއްލަވައިގެން ތިބެ މަޖިލީސް މެމްބަރު ޖީސަސް އަފީފާއި، އަމީން އާންމު ނިއުޝާ ލައްވައި، ނަޝީދު ބޭނުންވާ ހުތުރު ޑްރާމާ ކުޅުއްވަނީއެވެ. މަޖިލީހުގެ ގާނޫނާއި އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފަށް އެތައް ލައްކަ ރައްޔިތުން ތަމްސިލުކުރާ މަޖިލީހެއް މަރުތަޅު އެޅުވިއެވެ.

އެވަރުން ފުދުނީކީއެއް ނޫނެވެ. ކަނޑައެޅިގެން ޤާނޫން އަސާސީއާއި ޚިލާފާށް މިއަދު ޖަލްސާއެއް ބާއްވައި، އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމައިވެސް ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމަށް ދައްކަންވެގެން ނަޝީދުގެ އަމުރަށް ޖީސަސް އަފީފު މަސައްކަތް ކުރިއެވެ.

ޤާނޫނުތަކަށް ރިއާޔަތް ކޮށް ބަންޑާރަ ނައިބު ވެސް ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވައި އިތުރު ކަމެއް މަޖިލީހުގައި ނުހިންގޭނެކަން ޔަގީން ކޮށް ގާނޫނީ ލަފާއަރުވާފައެވެ.

ޤާނޫނަށް ގޮންޖައްސަވާފައި ޖީސަސް އަފީފް މަޖިލިސް ޖަލްސާ ހީލަތްތެރިކަމާއި އެކު ކުރިއަށް ގެންދަން އުޅުމުން ގާނޫނު ނެގެހެއްޓުމަށްޓަކައި އެކަން ހުއްޓުވުމަށް ފޭދޫ ދާއިރާ މެމްބަރު ކުރި މަސައްކަތް މިއަދު ސޯޝަލް މީޑިޔާގައި ފެނިގެން ދިޔައެވެ.

ގަވާއިދާއި ޚިލާފަށް މަޖިލީސް ރިޔާސަތަށް އަރާހުރި މީހެއް ބާލައި ހިންގަން އުޅުނު ޖަރީމާއި ދެކޮޅަށް މުޅި އެމްޑީޕީ އޮތް އިރު، އެކަމުގައި އެންމެ އިސްވެ މަސައްކަތްކުރެއްވިތަން ފެނުނީ ނިހާދެވެ. ރާއްޖޭގެ ދުސްތޫރީ ހުކޫމަތު ދަމަހަށްޓަން މަޖިލީހުގައި މިއަދު ކެރިގެން ނިހާދު ދެއްކެވީ ފުރިހަމަ ނަމޫނާއެކެވެ! ތެދުވެ ވަޑައިގަތީ ހުދުމުހުތާރުކަން މަޖިލީހުގެ ތަޅުމަށް ގެނައި މުހައްމަދު ނަޝީދުގެ މަކަރުވެރި ރޭވުން ބާތިލު ކޮށްލުމަށެވެ.

ޖަންގަލީގެ އުސޫލު މަޖިލީހާށް ގެނެސް، އެފަދައިން ބޭއިންސާފު އިސްކޮށް ރައްޔިތުންގެ ހައްޤުތަކަށް އަރާގަންނަނަމަ، އެކަން ހުއްޓެވެން އޮތް ގޮތަކުން ހުއްޓުވަން ޖެހެއެވެ.