ޚަބަރު

މުއިއްޒުގެ އިންޑިއާ ދަތުރުފުޅު: ވަޑައިގެންނެވީ 10 ވަޒީރުންނާއި, 15 ބާނދީން ހިމެނޭހެން, 30 އޮފިޝަލުންގެ ބޮޑު ވަފުދަކާ އެކު, މުއިއްޒުގެ ދެކަނބަލުން ފިޔަވާ އެހެން ހުރިހާ ބޭފުޅުންގެ ހުރިހާ ޚަރަދެއް ދައުލަތުގެ މާލިއްޔަތުން!

ދިޔަވަރު
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު: ވަޑައިގެންނެވީ 10 ވަޒީރުންނާއި, 15  ބާނދީން ހިމެނޭހެން, 30 އޮފިޝަލުންގެ ބޮޑު ވަފުދަކާ އެކު, މުއިއްޒުގެ ދެކަނބަލުން ފިޔަވާ އެހެން ހުރިހާ ބޭފުޅުންގެ ހުރިހާ ޚަރަދެއް ދައުލަތުގެ މާލިއްޔަތުން!

ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ރާއްޖޭގެ ރައީސަކު ބޭރުގެ ގައުމަކަށް އެންމެ ބޮޑު ވަފުދަކާ އެކު ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ. މުއިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއި އިންތިހާއަށް ގުޅުން ގޯސްވެ, އަދި މި ސަރުކާރުގެ އިސް އޮފިޝަލުން އިންޑިއާގެ ވެރިނަށް މައްލަވަކޮށް, އަވަގުރާނަ ގޮވާހަދާފައި ވަނިކޮށް މުއިއްޒު އިންޑިއާއަށް ދަތުރުފުޅެއް ފެއްޓެވީ ދައުލަތުގެ 10 ވަޒީރަކާއި އަދި އޭގެ އިތުރުން މުއިއްޒުގެ ދެމަފިރި ކަނބަލުންނަށް ޚިދުމަތް ކުރުމަށް 15 ބާނދީން (އެހީތެރިން)ވެސް އަރިހުގައި ގެންދެވި ވަފުދުގައި ހިމަނުއްވައިގެންނެވެ. މިބޭބޭފުޅުންވެސް ހިމެނޭހެން މުއިއްޒުއާއެކީ އިންޑިއާއަށް ދަތުރުކުރި ވަފުދުގައި 30 އޮފިޝަލުން ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ދަތުރުފުޅުގައި މުއިއްޒުގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ވަޒީރުންގެ ތެރޭގައި, ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއާއި, ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން, އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓްރާޏްސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި ރައީސް އޮފީހުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ދަތުރުފުޅަކީ, އިންޑިއާގެ ރައީސްގެ ދައުވަތަކަށް މުއިއްޒު ކުރައްވާ ދަތުރުފުޅަކަށް ވުމައެކު, މިދަތުރުގައި އިންޑިއާ ސަރުކާރުން ޚަރަދު ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ މުއިއްޒުގެ ދެކަނބަލުންނަށް އެކަންޏެވެ. ދަތުރުގައި އަރިހުގައި ގެންދެވާ އެހެން ހުރިހާ ބޭފުޅުންނަށްވެސް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތުގެ މާލިއްޔަތުންނެވެ.

ގައުމުގެ އިގްތިސަދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް, ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކޮށްގެން, ގުލާނު ކޮށްދޭނެ އެހީތެރިންގެ ގޮތުގައިވެސް 15 އޮފިޝަލުން ހިމެނޭހެން, އަރިހުގައި 30 އޮފިޝަލުންގެ ވަފުދެއް ގެންދެވުމަކީ ދައުލަތުގެ މާލިއްޔަތުން ކުރާ ބޮޑު އިސްރާފެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

މުއިއްޒު ހިމެނޭގޮތުން ސަރުކާރުގެ އިސްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ދަލަތުގެ މާލިއްޔަރުން ޚަރަދު ކޮށްގެން, އެއްވެސް ހިފެހެއްޓުމެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހެމުންދާއިރު, މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހު, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު މިސަރުކާރުން މިހާރުވަނީ މަސްވެރިންނަށް ހައްގުވާ ފައިސާވެސް ނުދީ ހިފަހައްޓާފައެވެ. އެގޮތުން މަސްވެރިން ލިބެންޖެހޭ ފައިސާ ނުލިބިގެން އަނެއްކާވެސް ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.

އަދި ދައުލަތުގެ ރިޒާވް އަދަޔާ ޚިލާފަށް ދަށްވެ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާއިރު, ދުނިޔޭގެ ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިންވަނީ ދަށް ކޮށްފައެވެ.

ސަރުކާރުގެ އިސްވެރިން ދައުލަތުގެ މާލިއްޔަތުން ދަތުރުފަތުރަށް އެތައް އިސްރާފެއް ކުރަމުންދާއި, މާލީ ހާލަތު ދަށްކަމަށް ބުނެ, މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާއި ޕްރޮމޯޝަންތައްވެސް ރައީސް އޮފީހުގެ އެންގުމަށް ދަނީ ހިފަހައްޓަމުންނެވެ.

ގިނަ ބަޔަކު މުއިއްޒު ސިފަ ކުރައްވަނީ ބަހާއި އަމަލާ ދިމާނުވާ ރައީސެއްގެ ގޮތުގައެވެ.