ޚަބަރު

އިންޑިޔާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރުމަށް މުއިއްޒު ބޭއްވި ރަސްމިއްޔާތަށް ދިޔައީ ހަމައެކަނި އެމްބަސީގެ މުއައްޒަފުންގެ އާއިލާތައް

ދިޔަވަރު
އިންޑިޔާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރުމަށް މުއިއްޒު  ބޭއްވި ރަސްމިއްޔާތަށް ދިޔައީ ހަމައެކަނި އެމްބަސީގެ މުއައްޒަފުންގެ އާއިލާތައް

އިންޑިޔާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރުމަށް މުއިއްޒު ބޭއްވި ރަސްމިއްޔާތަށް ދިޔައީ ހަމައެކަނި އެމްބަސީގެ މުއައްޒަފުންގެ އާއިލާތައް ކަން ހާމަ ވެއްޖެއެވެ. ކިޔަވާ ކުދިން ހިމެނޭހެން ދިއްލީގައި އެކަނިވެސް، 100 އެއްހާ ދިވެހިން ދިރިއުޅޭ އިރު، މުއިއްޒު ބޭއްވި ހަފްލާއަކަށް އެއިން އެއްވެސް ފަރާތެއް ނުދިޔައެވެ. އިންޑިޔާގައި، ރާއްޖޭގެ އެތައް ހާސް ދިވެހިންނެއް ދިރިއުޅެއެވެ.

ފެންނަން ހުރި ފޮޓޯތަކުން ހާމަވާ ގޮތުން ހަމައެކަނި ތިބީ އެމްބަސީގައި މަސައްކަތް ކުރާ ސްޓާފުންނެވެ. ސިޔާސީ މީހުން ރާއްޖޭގެ ތާރީޚުގައި އެމްބަސީތަކުގައި ދުވަހަކުވެސް އިތުރު ނުކުރާވަރަށް މުއިއްޒު ވަނީ އިތުރު ކޮށްފައެވެ. މި އެންމެންނަށް ފައިސާ ދެނީ ޑޮލަރުންނެވެ.

މުއިއްޒުގެ ދައުވަތް ގަބޫލުކޮށް ހަފްލާގައި ބައިވެރިވި ހުރިހާ ދިވެހިން ދައްކުވައިދޭ ގްރޫޕް ފޮޓޯއެއް

އިންޑިޔާގައި ދިރިއުޅޭ ދިވެހިން މުއިއްޒު އިންތިޒާމު ކޮށްގެން އެތައް ހާސް ޑޮލަރެއް ޚަރަދު ކޮށް ބޭއްވި ޖަލްސާ އަށް ގޮސްފައި ނުވަނީ، މުއިއްޒުގެ ތާޢީދު އިންތިހާއަށް ގެއްލިފައިވާތީއެވެ. ވައުދު ތައް ނުފެއްދުމާއި، ވެރިކަމަށް އައުމަށް ރައްޔިތުންނަށް ދެއްވި ބަހުގައި ނުހިފަހައްޓައި އެތައް ދޮގުތަކެއް ހެދުމާއި، އިންތިހާއަށް ކޮރަޕްޝަން އިތުރު ވުމަކީ މުއިއްޒަށް އޮތް ސަޕޯޓް ގެއްލުނު ސަބަބުތަކެވެ.

މީގެ އިތުރުން އިންޑިޔާއިން ރާއްޖެއާއި މެދު އެއްވެސް ހަމައަކުން ގޯސްކޮށް ކަމެއް ކޮށްފައި ނުވަނީސް، އިންޑިޔާއިން ރާއްޖޭގެ މިނިވަންކަން ނަގާލަނީކަމަށް ބުނެ، ދޮގުވާހަކަ ފަތުރައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ހެދި ދޮގުތައް ފަޟީހަތް ވުމަކީ މުއިއްޒުގެ ތާޢީދު އިތުރަށް ގެއްލިގެން ދިޔަކަމެކެވެ.

މުއިއްޒު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅަކީ އެހީ ހޯދުމުގެ ބޭނުމުގައި ކުރާ ދަތުރެވެ. އިންޑިޔާއާއި މެދު މުއިއްޒު އާއި އޭނާގެ ޕާޓީއިން އަދިވެސް ގެންގުޅެނީ ބީރައްޓެހި ދުރު ގުޅުމެކެވެ.