ޚަބަރު

އައްޑޫ އަދި ބެންގަލޫރުގައި ކޮންސިއުލޭޓެއް އެޅުމުގެ މަޝްވަރާތައް ދަނީ ކުރަމުން: ބޮޑުވަޒީރު މޯދީ

ދިޔަވަރު
އައްޑޫ އަދި ބެންގަލޫރުގައި ކޮންސިއުލޭޓެއް އެޅުމުގެ މަޝްވަރާތައް ދަނީ ކުރަމުން: ބޮޑުވަޒީރު މޯދީ

ރައީސް މުއިއްޒު އިންޑިޔާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރު ފުޅުގައި، އިންޑިޔާއާއި ރާއްޖެއާއި ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ބޭއްވި ޖޮއިންޓް-ޕްރެސް ކޮންފެރަންސްގައި ދެއްވި ސްޓޭޓްމެންޓްގައި، ރާއްޖެއާއި އިންޑިޔާއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި އައްޑޫގައި ކޮންސިއުލާ އެއް ގާއިމު ކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެއްޖެއެވެ.

މި ކޮންސިއުލޭޓުގެ ޚިދުމަތް ދިނުމަށް މަޝްވަރާ ކޮށްފައި ވަނީ ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކަމުގައި ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ދާދިފަހުން، ރައީސް މުއިއްޒުގެ އަރިސް މަޖިލީސް މެމްބަރެއް ކަމުގައިވާ އަޒާން ވަނީ، މިކަމާއި ދެކޮޅު ހަދައި އިންޑިޔާ ބޭނުންހާ ކަމެއް މުއިއްޒު ނުކުރާނެ ކަމަށް ބުނެފައެވެ.

ނަމަވެސް މިއަދު މިދެކެވުނު ވާހަކަތަކުގެ އަލީގައި އައްޑޫގައި އިންޑިޔާގެ ކޮންސިލް އެއް ގާއިމު ކުރާނެ ކަން މިހާރު ވަނީ ޔަގީން ވެފައެވެ.