ޚަބަރު

ކުރިއަށް އޮތްތާގައި ޗައިނާއިން ޓުއަރިސްޓުން އައުން ބޮޑުތަނުން މަދުވާނެ. މިއީ ޝިއުނާއާއި މަލްޝާ އިންޑިޔާގެ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ވަގުތު

ދިޔަވަރު
ކުރިއަށް އޮތްތާގައި ޗައިނާއިން ޓުއަރިސްޓުން އައުން ބޮޑުތަނުން މަދުވާނެ. މިއީ ޝިއުނާއާއި މަލްޝާ އިންޑިޔާގެ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ވަގުތު

ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުން އިތުރު ކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތް ނިމުމަކަށް އައުމަކީ އެކަށީގެން ވާކަމެއް ކަމަށް ސިޔާސީ ގޮތުން ރާއްޖޭގެ ޚާރިޖީ މަޝްރަހު ވަޒަން ކުރައްވާ ފަރާތްތަކުން ހާމަ ކުރެއެވެ.

ޗައިނާއިން އިތުރު އަހައްމިއްޔަތެއް ދީގެން ރާއްޖެއަށް ފަތުރު ވެރިން އިތުރު ކުރުމަށް ފާއިތުވި 6 މަސް ދުވަހު ދިން އަހައްމިއްޔަރު ރައީސް މުއިއްޒުގެ އިންޑިޔާގެ ދަތުރާއި އެކު، ހުއްޓޭނެ ކަމަށް ބެލެވެއެވެ.

އިންޑިޔާ ބީޖޭޕީ ސަރުކާރާއި، މުއިއްޒުގެ ޕީއެންސީ ސަރުކާރާއި ގުޅުންތައް ބަދަހި ވިއަސް، އިންޑިޔާގެ ރައްޔިތުންގެ މެދުގައި ރާއްޖެއާއި މެދު ދެކޭ ގޮތް ބަދަލެއް ނުވެއެވެ. މިކަން މުއިއްޒުގެ ދަތުރާއި ގުޅިގެން ނޫސްތަކުން ގެނެސްދީފައިވާ ވާހަކަތަކުން ސާފުކޮށް އެނގެއެވެ.

އިންޑިޔާގެ ރައްޔިތުންގެ ނުރުހުން ރާއްޖެއަށް ކުރިމަތިވެ، ރާއްޖޭގެ ފަތުރުވެރިކަމަށް 3.8 ބިލިއަން ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހިފައި ވަނީ، ޔޫތް މިނިސްޓްރީގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިބި ޝިއުނާ އާއި މަލްޝާގެ ސަބަބުންނެވެ. އެމީހުން ވަނީ އެ ޤައުމުގެ ބޮޑުވަޒީރަށް އިހާނެތިކޮށް ހުތުރު ބަހުރުވައިން އެއްޗެހި ކިޔާފައެވެ.

އެހެންކަމުން ދެ ޤައުމުގެ ދެމެދު އަލުން ގުޅުން ބަދަހި ކުރަމުންދާ މި ވަގުތަކީ، އިނޑިޔާގެ ފަތުރުވެރިން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރަން އެންމެ މުނާސަބު ވަގުތެވެ. އިންޑިޔާގެ ރައްޔިތުންގެ ހިތުގައިވާ ނުރުހުން ފިލުވޭނީ، ޝިއުނާ އާއި މަލްޝާގެ ފަރާތުން ސޯޝަލް މީޑިޔާގައި އިންޑިޔާގެ ރައްޔިތުންގެ ކިބައިން މާފަށް އެދިގެންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ކޮންމެ ދުވަހަކު އެތައް މިލިއަނަކުން ލިބެމުންދާ ގެއްލުމުގެ ޒިންމާ މި ދެބޭފުޅުން ނަންގަވައި، މިކަމުގައި ޒިންމާދާރު، ރަނގަޅު މަގު އިޚްތިޔާރުކޮށް މާފަށް އެދުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ އެދުންވެސް މެއެވެ.