ރައީސް މުއިއްޒު އަބްދުއްރަހީމްގެ ބާރު ކެބިނެޓްގައި ކުޑަ ކުރުމަށް ފިނޭންސް މިނިސްޓަރ ވަކި ކުރި ކުރުމާއި ގުޅިގެން ކެބިނެޓުން އިތުރު 3 ފަރާތެއް އޭނާގެ ފަޅިއަށް ގެނެސްފިއެވެ.
މި ގޮތުން އަލުން ހެލްތު މިނިސްޓްރީ އިން ވަޒީފާ ހަމަ ޖައްސާފައިވާ ފަރާތަކާއި، އަންހެން މިނިސްޓަރަކާއި، މިނިސްޓަރ ޝިޔާމު އާއި އިތުރު ފަރާތެއް އަބްދުއްރަހީމް އާއި ބައިއަތު ހިފިކަމުގެ މުއުތަބަރު މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ.
މިހާރު ޕީއެންސީ ތެރޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގައި، އަބްދުއްރަހީމް ދަނީ ބާރުތައް މުށުތެރެއަށް ލަމުންނެވެ. އަދި 2028 އަށް މުއިއްޒު ނޫން ކެނޑިޑޭޓަކު ގެނައުމަށް އަބްދުއްރަހީމް ދަނީ މަސައްކަތް ކުރަމުންނެވެ.