ޚަބަރު

މާލީ ނުރައްކަލެއްގައި ޤައުމު އޮއްވާ، އެތެރޭގެ އިންތިހާބަކަށް މަލްޝާ ބޭނުންވާ 60 މީހަކަށް އެޗްޑީސީއިން ވަޒީފާ ނުދީގެން ފަޒުލް އާއި ދެކޮޅަށް މަސައްކަތް ފަށައިފި

ދިޔަވަރު
މާލީ ނުރައްކަލެއްގައި ޤައުމު އޮއްވާ، އެތެރޭގެ އިންތިހާބަކަށް މަލްޝާ ބޭނުންވާ 60 މީހަކަށް އެޗްޑީސީއިން ވަޒީފާ ނުދީގެން ފަޒުލް އާއި ދެކޮޅަށް މަސައްކަތް ފަށައިފި

މާލީ ނުރައްކަލެއްގައި ޤައުމު އޮއްވާ، އެތެރޭގެ އިންތިހާބަކަށް މަލްޝާ ބޭނުންވާ 60 މީހަކަށް އެޗްޑީސީއިން ވަޒީފާ ނުދީގެން ފަޒުލް އާއި ދެކޮޅަށް މަސައްކަތް ފަށައިފިއެވެ.

ސިޔާސީ މަގާމުތައް އިތުރުވެ، ޚަރަދުތައް ބޮޑުވެ، ރައްޔިތުންނަށްޓަކައި ކުރީ ސަރުކާރުން ހިންގަމުން ދިޔަ ޕްރޮޖެކްޓްތައް ހުއްޓާލައި، ކުރިއަށް އޮތް 3 މަހަށްވެސް ބޭނުންވާ ވަރަށް ކާބޯތަކެތި ގެނައުމަށް ބޭނުންވާ ފައިސާއާއި، މުސާރަ ދިނުމަށް ބޭނުންވާ ފައިސާ މާލިއްޔަތުގައި ނެތެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބެއް ކާމިޔާބު ކުރުމަށް، އާއިލާގެ ފަރާތްތައް ކެމްޕެއިންގައި ހަރަކާތްތެރި ވޭތޯ ބެލުމަށް މަލްޝާ ދަނީ އޭނާގެ އާއިލާގެ މީހުންނަށާއި، ފޭސް2 ގައި އުޅޭ ވަކި ބަޔަކަށް ވަޒީފާ ހޯދުމަށް އެޗްޑީސީއަށް ޕްރެޝަރ ކުރަމުންނެވެ.

މަލްޝާއަކީ އޭނާ އާޢި ޝިއުނާ ޓްވިޓަރގައި އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އާއި ގުޅުވައި ހުތުރު ބަހުން ވާހަކަ ދައްކައިގެން 3.8 ބިލިއަން ޑޮލަރު ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުން ގެއްލުވާލި ދެމީހުން ކުރެ އެކަކެވެ.

މަލްޝާ ވަނީ އެތައް މަހެއް ވަންދެން ނަހަލާލަށް ހަރާން ފައިސާ މުސާރައިގެ ގޮތުގައި ނަގައިގެ ސަސްޕެންޝަންގައި ހުރެފައެވެ.

މިހާރު އެޗްޑީސީގައި ހުރި މަގާމުގައިވެސް އެއްވެސް މަސައްކަތެއް ނުކުރާ މަލްޝާއަކީ ބަސްމަގު ހުތުރު އާންމު މުޖުތަމައުގެ އަހުލާގީ މިންގަނޑުން ބޭރު މީހެކެވެ.

މުއިއްޒު ވެރިކަމަށް އައުމަށް މީހުންނާއި ދިމާލަށް ސޯޝަލްމީޑިޔާގައި ފޭކް އެކައުންޓްތަކުން އެއްޗެހި ކިޔުމަށް އުޅުނު މަލްޝާ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރުމުން، މުއިއްޒުގެ މުޅި ސަރުކާރަށް އައްޔަން ކުރަމުންދިޔަ ނާގާބިލު މީހުންގެ ވާހަކަ ރާއްޖޭގައި އާންމު ވެގެން ދިޔައެވެ.

މަލްޝަ ވަނީ ފަޒުލްއާއި ދެކޮޅަށް އޭނާގެ އަމިއްލަ އެކައުންޓުންނާއި ފޭކް އެކައުންޓުން އަދި މީޑިޔާތަމަށް ގުޅައިގެން ފަޒުލްގެ އޮފް ކެނޑުވުމަށް މަސައްކަތް ފަށާފައެވެ. މިކަމުގައި މަލްޝާއަށް އެހީ ވަނީ ހުޅުމާލޭގެ ދެކުނު ދާއިރާގެ މެމްބަރެވެ.