ދިމްޔާތަށް އަންނަ ގެސްޓުންނަށް ދަތިވާތީ، އެހިސާބުގައި ބާރުގަދަ ސްޓޯމް ވޯޓަރ ޕަންޕް ހަރުކޮށް ފެން ހިނދޭނެ ގޮތް ސަރުކާރުން ހަދައިފި ކަމަށް މިކަމާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ދިޔަަރަށް ކިޔައި ދީފިއެވެ.
ދިމްޔާތަކީ ޓްރާންސިޓް ހޮޓަލެއް ކަމަށާއި، އެތަނަށް އަންނަ ފަތުރުވެރިންނަށް މުޅި ހިސާބުގައި ފެންބޮޑުވާތީ ދަތިތައް ކުރިމަތި ވަމުންދާ ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް ކޮލިޓީ ރަނގަޅު ސްޓޯމް ވޯޓަރ ޕަންޕު ތަކެއް ހަރުކޮށް ފެން ހިނދޭނެ އިންތިޒާބު ހަމަ ޖައްސައިފިއެވެ.
ނަމަވެސް، މާލޭގެ އެހެން ސަރަހައްދު ތަކުގައި އާއި، ހުޅުމާލޭގައި އާއި، ޗައިނާއިން އަޅާފައިވާ ހިޔާފްލެޓްތަކުގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.
މި ގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ވީޑިޔޯތަކުން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ހިޔާ ފްލެޓްތައް އިންތިހާއަށް ފެންބޮޑުވެ ލިފްޓްތަކަށް ފެންވަންނަ މަންޒަރުވެސް ފެނެއެވެ.
މުއިއްޒު ވަނީ 7 އަހަރު ވަންދެން ހައުސިންގ މިނިސްޓަރު ކަމުގައި 3 ސަރުކާރެއްގައި ހުންނަވައި، މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެން ހިންދުމުގެ ދަތިތައް ފިލުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް ދޫކޮށްލާފައެވެ.
މީގެ އިތުރުން، ފަތުރުވެރިކަމަށް މަޝްހޫރު ރަށްރަށުގައިވެސް ވަނީ ފެންބޮޑުވެފައި ފެން ހިނދޭނެ ގޮތެއް ނެތިފައެވެ.