ޚަބަރު

އިހުސާނަށް ޕީއެންސީގެ ނައިބް ރައީސް ކަން ނުދިނުމަށް ރާވައިގެން ޕީއެންސީގެ އިންތިހާބު ނޮވެމްބަރަށް ލަސްކޮށްފި

ދިޔަވަރު
އިހުސާނަށް ޕީއެންސީގެ ނައިބް ރައީސް ކަން ނުދިނުމަށް ރާވައިގެން ޕީއެންސީގެ އިންތިހާބު ނޮވެމްބަރަށް ލަސްކޮށްފި

އިހުސާނަށް ޕީއެންސީގެ ނައިބް ރައީސް ކަން ނުދިނުމަށް ރާވައިގެން ޕީއެންސީގެ އިންތިހާބު ނޮވެމްބަރަށް ލަސްކޮށްފި އެވެ. މިކަމުގެ މައުލޫމާތު ދިން ފަރާތުން ހާމަ ކުރި ގޮތުގައި ޕާޓީގެ މައްޗަށް އަދުރޭ އަށް ލިބިފައިވާ ބާރުތައް ދޫކޮށްލަން އޭނާ ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ނައިބް ރައީސް އަކަށް އަބްދުއްރަހީމްގެ ދަރިފުޅު، ފައިސަލް ގެނައުމަށް ކަމަށް އޭނާ މައުލޫމާތު ދެއެވެ.

ނައިބްރައީސް ކަމަށް މިހާތަނަށް ޚިޔާލު ފާޅު ކޮށްފައިވާ ހަމައެކަނި ފަރާތަކީ، އިހްސާންއެވެ. އިހްސާން އެ މަގާމަށް ގެނައުމަށް ބާރު އަޅަނީ މުއިއްޒު އެވެ. މުއިއްޒު ބޭނުންވަނީ އަބްދުއްރަހީމްގެ އަތުން ޕާޓީގެ ބާރުތައް އަތުލައި، އޭގެ ފަހުން ސަރުކާރު ތެރެއިން އަބްދުއްރަހީމް ބާކީ ކޮށްލުމަށެވެ.

މި މަންޒަރު އަބްދުއްރަހީމް އަށް ފާޅުކޮށް ފެނެއެވެ. އެހެން ކަމުން ޕާޓީ ދޫކޮށްލުމަކީ އަބްދުއްރަހީމް އެއްގޮތަކަށްވެސް ކުރާނެ ކަމެއް ކަމަށް ނުބެލެވެއެވެ.

އަބްދުއްރަހީމްގެ ބޭނުމެއް މިއަދު މުއިއްޒަކަށް މާ ބޮޑަކަށް ނެތެވެ. އަބްދުއްރަހީމް ބޭނުންވީ ޕީއެންސީގެ ޓިކެޓް ޔަގީން ކުރުމުގައި ހުރި ބައެއް ކަންކަން ހަމަ ޖެއްސުމަށެވެ. އެހެން ކަމުން، މުއިއްޒުގެ އާންމު އުސޫލުން އަބްދުއްރަހީމަށް އޮތީ ފެންކައްކާ ބޮލީގެ އިއްޒަތެވެ.