ޚަބަރު

ސަރުކާރާއި ދައުލަތުގެ ހުރިހާ ކަމެއް މިހާރު ނިންމަނީ މުއިއްޒު އާއި ސާޖިދާ އާއި ދެމީހުން އެކަނި - މަޝްވަރާ ކުރުން ހުއްޓާލައިފި: ރައީސް އޮފީސް މުއައްޒަފެއް

ރަފްޝާ އަހްމަދު
ސަރުކާރާއި ދައުލަތުގެ ހުރިހާ ކަމެއް މިހާރު ނިންމަނީ މުއިއްޒު އާއި ސާޖިދާ އާއި ދެމީހުން އެކަނި - މަޝްވަރާ ކުރުން ހުއްޓާލައިފި: ރައީސް އޮފީސް މުއައްޒަފެއް

ސަރުކާރާއި ދައުލަތުގެ ހުރިހާ ކަމެއް މިހާރު ނިންމަނީ މުއިއްޒު އާއި ސާޖިދާ އާއި ދެމީހުން އެކަނި ކަމަށާއި އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ރައީސް އޮފީހުން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ފަރާތަކުން މި ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

ރައީސް އޮފީހަށް މިހާރު މުއިއްޒު ހާޒިރު ވަނީ 10 ޖަހާއިރު ކަމަށާއި، އާންމުކޮށް ބާއްވާ ބައްދަލުވުންތައް ނުބާއްވަވައި އެކަނިމާ އެކަނި ކޮޓަރީގައި ހުންނެވުމަށްފަހު، ރައީސް މުއިއްޒު ދެން ގެއަށް ވަޑައިގަންނަވަނީ ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.

އެއްވެސް މީހަކާއި ވާހަކަ ނުދައްކާ ކަމަށާއި، %70 ނޫނެކޭ ބުނިފަހުން އެއްވެސް ކަމެއް ނިންމުމުގައި މަޝްވަރާ ކުރުމެއް ނެތް ކަމަށް އޭނާ މައުލޫމާތުދިއްވިއެވެ.

ކެބިނެޓުން މީހުން ވަކި ކުރިއަސް މައްސަލައެއް ނެތްކަމަށާއި، ނަމަވެސް އަލުން ކެބިނެޓް ނެގިއިރު ސާޖިދާ ބޭނުންވާ މީހުން ކެބިނެޓަށް ގެނައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ގެނައި މީހުންނަކީ ސިޔާސީ ބަޔަކު އެމީހުންގެ ފަހަތުގައި ތިބި ބަޔަކަށް ނުވާތީ، ކުރިއަށް ވުރެ ބޮޑަށް މުއިއްޒަށް އޮތް ތާޢީދު ގެއްލިފައިވާ ކަމަށް އޭނާ ހާމަކުރިއެވެ. އަދި ސާޖިދާގެ އަތްމައްޗަށް ވެރިކަން ފުރޮޅާލާފައިވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުގެ ހުރިހާ މިނިސްޓްރީ ތަކުގައި ޓެކްނިކަލް މޮޅު މީހުން އެބަތިބި ކަމަށާއި، ހިންގުންތެރި މީހުން ބޭނުންވާ އިރު ގެނެސްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް، އަލުން ބަލުން މިނިސްޓްރީތަކުގެ ކަންކަން ދެނެގަންނަން ޖެހޭ ދަސްކުރަން ޖެހޭ ބައެއް ކަމަށް އޭނާ ހާމަ ކުރިއެވެ.