ޒާހިދު މުއިއްޒު އާޢި ދެމެދު ދިޔަ ސިއްރު ކޯލަކަށްފަހު، ވޯޓުގައި މަކަރު ހެދުމަށް މުއިއްޒަށް އެހީތެރިވުމަށްޓަކައި، ވޯޓުލާން ދާމީހާއަށް 3 ކަރުދާސް ކޮޅު ނުދޭން ނިންމައިފި ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ދިޔަވަރު ނޫހަށް ކަށަވަރު ކޮށްދީފިއެވެ. މިހާރު 3 ކަރުދާސްކޮޅު ލިބެނީ އެކަމަށް އެދުމުން އެކަންޏެވެެ.
ރައީސް މުއިއްޒު ވަނީ މަސްތުވާ ތަކެތި ބޭނުން ކުރާ ފަރާތްތަކަށާއި، ޕާޓޭއިންނަށާއި، އެމްޑީޕީގެ ބައެއް މެމްބަރުންނަށް މީހުންނަށް ފައިސާ ބަހާފައެވެ. މީގެ އިތުރުން އެމީހުންނަށް ޕެލެޖް ކޮށްފައިވާ ފަރާތްތަކުން ވޯޓު ދޭތޯ ޔަގީން ކުރުމަށް ވޯޓު ލާގޮތް ދެނެގަތުމަށް އެއްފަހަރާ 3 ވޯޓު ކަރުދާސް ނުދީ އެމީހަކު ވޯޓުލާން ބޭނުންވާ ކަރުދާސްކޮޅު އެކަނި ދޭ ގޮތަށް ވަނީ ނިންމާފައެވެ. މިކަން މި ގޮތަށް ކުރަނީ ވޯޓުލަނީ 3 އިންތިޚާބުން ކޮން އިންތިޚާބަކަށްތޯ ދެނެގަތުމަށެވެ.
ފައިސާ ދީފައިވާ ފަރާތްތައް ވޯޓުލާންވީ ކޮން ކަރުދާހެއް ނަގައިގެންކަން އިލެކްޝަން ކޮމިޝަނުން ގޮސްސަ ހުންނަ މީހާ ޕީއެންސީ އިން ފޮނުވާފައި ހުންނަ މީހާއަށް އަޑު އިވޭ ވަރަށް އެނައުންސް ކުރާ ގޮތަށް ވަނީ މުއިއްޒު އަންގައިގެން ހަމަ ޖައްސާފައެވެ. އެ އަނައުންސްމެންޓް ހާމަ ކުރުމުން، ޝަރުތުކޮށްފައިވާ އިންތިޚާބަށް އެގޮތަށް އެމީހާގެ ވޯޓުލާތޯ ޕީއެންސީގެ ފަރާތުން ވޯޓު ފޮށި ކައިރީ ހުންނަ މީހާއަށް ޔަގީން ކުރެވެއެވެ. ވޯޓުގެ ސިއްރު ގެއްލުވާލުމަށް ޒާހިދު މިކަން މިގޮތަށް ކުރަން ނިންމިކަން އިއުލާން ކުރީ މިރޭއެވެ.
ބައިވެރިވީ ކޮން ވޯޓެއްގައި ކަން ޕީއެންސީ މަންދޫބަށް އެނގުމުން ވޯޓުގެ ސިއްރުކަން ގެއްލި ގެންދެއެވެ.
ޒާހިދު ވަނީ ވޯޓުލާން ހުރިހާ ކަރުދާހެއް ދޭނެ ކަމަށް މީގެ ކުރިން ހުސްނުއްސުއޫދަށް ދެއްވި މެސެޖެއްގައި ހާމަ ކޮށްފައެވެ. މިގޮތަށް ހާމަ ކުރުމަށް ފަހު މިކަން ބަދަލުކޮށްފައި ވަނީ މުއިއްޒު އަންގައިގެން ވޯޓު އޮޅުވާލުމާއި، ވޯޓުގެ ސައްޚަކަން ގެއްލުވާމުމަށް ގަސްތުގައެވެ.
މީގެ އިތުރުން ގިނަ ބަޔަކަށް އިންތިޚާބުގެ މައުލޫމާތު ނޭގުމުގެ ސަބަބުން ކޮން ވޯޓެއް ތޯ ލާނީ އެހުމުން، އެންމެ އިންތިޚާބެއްގެ ނަން ބުނެވި ވޯޓު ކަރުދާސްތައް ނުލިބި ދިޔުމަކީ މިކަމުގެ ސަބަބުން ނުކުންނާނެ އިތުރު ނަތީޖާއެކެވެ. އެކި ފަހަރު މަތިން އެކަކު ވޯޓުލުމަށް އައިސް، ކޮންމެ ފަހަރަކު ވަކި ވޯޓެއް ލާކަމަށް ދައްކުވައި، އެކަން ޕާޓީތަކުން އަމިއްލައަށް ގޮސްތިބޭ އޮބްޒާވަރުންނަށް ބެލޭނެ ގޮތެއް ނެތި ވޯޓުގައި މަކަރު ހަދާކަން ސާފު ނުކުރެވި، މަސްލަހަތު ގެއްލިގެން ދާނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު ރާވާފައި އޮތީ އެކަކު 3 ފަހަރު ވޯޓުލާ ބޫތަށް ވައްދައިގެން 3 ވޯޓު ވަކިން އަޅަނީ ކަމަށް ހަދައިގެން ވަގު ވޯޓު ކަރުދާސް އެޅުމަށެވެ.
ޒާހިދަކީ މުއިއްޒު އަށް އަޅުދާސްތުވެގެން ހުރި އެއްވެސް މިނިވަންކަމެއް ނެތް، ރައްޔިތުންގެ މައްޗަށް ފާކުރައްވާފައިވާ އަނިޔާވެރި ބޮޑު މުޖުރިމެކެވެ. ވޯޓުގެ ނަތީޖާ ވަކި ގޮތަކަށް ބަދަލުކުރުމަށް މިފަދައިން ރާވައިގެން މުއިއްޒުއާއި އެކު ހިންގަމުންދާ ޖަރީމާތައް ބަލައި، މީނާގެ މައްޗަށް ޖިނާޢީ ތަހުގީގު ކުރެވޭނެއެވެ. އަދި މާދަމާ ވޯޓު ލުމަށްފަހު ރައްޔިތުން ނުކުމެ ޒާހިދުގެ ގޭ ދޮށަށް އެއްވެ ވޯޓު އޮޅުވާލުމަށް މީނާ ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ރައްޔިތުން އަޑު އުފުލަން ޖެހެއެވެ. އެހެން ނޫނީ ސައްޚަ އިންތިޚާބެއް ނުބޭއްވޭނެއެވެ. އަދި 3 އިންތިޚާބުގެ ނަތީޖާ ގުނައި ނިމެންދެން އެމްޑީޕީ މީހުން ވޯޓު ފޮށިކައިރިން ނުގޮސް ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެހެންކަމުން ދާއެންމެންވެސް ހުރިހާ ވޯޓު ކަރުދާހެއްް ދިނުމަށް އެދޭށެވެ. އެމީހަކު ވޯޓުލާނެ އިންތިޚާބެއް ނޫނީ މީހަކު އެހިސާބުން އެމީހަކަށް ނިންމުމުގެ އިޚްތިޔާރު އޮންނާނެއެވެ.