ޚަބަރު

އެތައް ބަޔަކު ޖަލު ގޮޅިއަށް ލައި އަނިޔާވެރިކަން ދެއްކުމަށްފަހު ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފި

އަޒީޒް އާމިރު
އެތައް ބަޔަކު ޖަލު ގޮޅިއަށް ލައި އަނިޔާވެރިކަން ދެއްކުމަށްފަހު ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފި

އެތައް ބަޔަކު ޖަލު ގޮޅިއަށް ލައި އަނިޔާވެރިކަން ދެއްކުމަށްފަހު ނޫސްވެރިންގެ ބައްދަލުވުން މިއަދު ކެންސަލްކޮށްފިއެވެ. ޖަލަށް ލާފައިވާ ފަރާތްތަކުގެ ތެރޭގައި މުޒާހަރާ ތެރެއިން ހައްޔަރު ކުރި ޝާމިން އާއި މުޝައްފައާއި، ނޫސްވެރިންގެ ތެރެއިން ޖަލަށް ލައި ހައްޔަރު ކޮށްފައިވާ، ލީވާން އާއި ޝަހުޒާން ހިމެނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިޔާ އެކްޓިވިސްޓުވެސް ވަނީ އެއްވެސް ކަމަކާއި ނުލައި ޖަލަށްލާފައެވެ.

ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. ބައްދަލުވުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، މި ބައްދަލުވުން ނުބާއްވާނެކަން ރައީސް އޮފީހުން ވަނީ ނޫސްވެރިންނަށް އަންގާފައެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ރައީސްގެ މަސައްކަތްޕުޅުތައް ހުރި ގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް، މިހާ ކުއްލި ގޮތަކަށް މި ބައްދަލުވުން ކެންސަލް ކުރަން ޖެހުނު ސީދާ ސަބަބަކީ ކޮބައިކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް ބަހުގެ އިތުބާރު ނެތް ދޮގުވެރި އެކެވެ. އޭނާ އަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ހެން ކިޔަނީ ކައްޒާބުއެވެ.