ޚަބަރު

ހަލީމުގެ މައުނާ - ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ހުއްޓިފައި މާލޭ ހޮސްޕިޓަލްތަކުގެ ވެރިޔާ އޮފީހުަގައި ލޯބީގެ ކުޅިވަރު ކުޅުމުގައި

ރަފްޝާ އަހްމަދު
ހަލީމުގެ މައުނާ - ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ހުއްޓިފައި މާލޭ ހޮސްޕިޓަލްތަކުގެ ވެރިޔާ އޮފީހުަގައި ލޯބީގެ ކުޅިވަރު ކުޅުމުގައި

ހޮސްޕިޓަލްތަކުން ބޭނުންވާ ޚިދުމަތް ނުލިބި ދުވަހުން ދުވަހަށް ޚިދުމަތުގެ ފެންވަރު ދަށްވަމުން ދާ ވާހަކަ އާއި އެކަމާއި ގުޅޭ ޝަކުވާ ދަނީ އިތުރުވަމުންނެވެ. ދާދި ފަހުންވެސް ވަނީ ކާނާ ދޭ 100 ޑޮލަރުގެ ހޮޅިއެއް ނުލިބިގެން ކުޑަ ކުއްޖަކު މަރުވެފައެވެ. މިފަދައިން ހޮސްޕިޓަލްތަކުން ދޭންޖެހޭ ފަރުވާގެ ތަކެތި ގަނެފައި ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ދަނީ އޭގެ އަސަރު ފޯރަމުންނެވެ.

މީގެ ކުރިން ހަލީމު ވަނީ އޮފީހުގައި ލޯބީގެ ގުޅުމެއް ހިންގާފައެވެ. އެފަހަރު އެއީ ޕީއެންސީ އަށް އެތައް ގުރުބާނީއެއްވި މީހެއްގެ އަންބެކެވެ. މިފަހަރު ޕާސަނަލް އެސިސްޓަންޓެވެ.

ފާތިމަތް މައުނާ އާއި އެކު އުފެދިފައިވާ ލޯބީގެ ގުޅުން އުފެދުނީ ޑުބާއީ އަށް ދިޔަ ދަތުރެއްގައި ކަމަށް އެ އޮފީހުން މި ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިއެވެ. އެއީ 2024 ގެ އަރަބް ހެލްތް ފޯރަމަށެވެ. މައުނާ އަކީ ހަމަ އެކަނި ލޯބީގެ ކުޅިވަރު ކުޅެން ހުންނަ ފަރާތް އެކަންޏެއް ނޫނެވެ. އެއީ ބިޔުރޯގެ ޑައިރެކްޓަރެވެ. އެއީ ޕްރޮޖެކްޓް ޓީމްގެ ހެޑް (ޑައިރެކްޓަރ) ވެސް މެއެވެ. މިހުރިހާ މަގާމެއް މައުނާ އަދާ ކުރަނީ ލޯބީގެ ގުޅުމަށްޓަކައި އެކަންޏެއް ނޫނެވެ. މާލޭ ސަރަހައްދުގެ ހޮސްޕިޓަލް ގްރޫޕްސްގެ ފަރާތުން ހިންގާ ހުރިހާ ޕްރޮކިޔުމެންޓެއްގެ ކަޓު ނަގަނީ މައުނާ މެދުވެރިކޮށެވެ. ހަލީމް ބޭނުންވާ ގޮތަށް ވައްކަން ކޮށް ދެނީ މައުނާ އެވެ. މައުނާ އަށް މި ވައްކަމާއި ރިޝްވަތު ނެގުމުގައި އެހީތެރިވުމަށް އިތުރު މީހަކުވެސް ހުރެއެވެ.

ކުންފުނީގެ ވަޒީފާގެ ކުރިއެރުމެއް މުއައްޒަފަކަށް ލިބޭނީވެސް މައުނާ ބޭނުން ވެގެންނެވެ. މައުނާ ބޭނުން ނުވާ މީހަކަށް ނުލިބެއެވެ. މުއައްޒަފުންގެ ކަންކަމުގައި ހަލީމް ހަދަނީ މައުނާ އަންގާ ގޮތެކެވެ.

މައުނާ އާއި ހަލީމްގެ ގުޅުމަކީ ސިއްރު ގުޅުމެއް ނޫނެވެ. މިކަމަކީ ހޮސްޕިޓަލްތަކުގެ ގިނަ މީހުންނަށް އެނގޭ ކަމެކެވެ. ރައީސް މުއިއްޒުގެ ސިއްރު ލޯބި ވެރިންގެ ވާހަކަތައް އާންމުންނަށް އެނގޭހެންނެވެ.