ޚަބަރު

ޕޮލިސް ބޯޑުގެ ނިންމުމާއި ޚިލާފަށް ސާޖިދާއާއި އޭނާގެ ކޮއްކޮ އަތީގު ބޭނުންވާ ފަރުޚާދު (ބޮޑެތި ޖިނާއީ ކުށް ކުރުމުގެ ސަބަބުން ފުލުހުން ވަކި ކުރަން ނިންމި މީހަކު) ޕޮލިސް ކޮމިޝަނަރަށް އައްޔަން ކޮށްފި

ރަފްޝާ އަހްމަދު
ޕޮލިސް ބޯޑުގެ ނިންމުމާއި ޚިލާފަށް ސާޖިދާއާއި އޭނާގެ ކޮއްކޮ އަތީގު ބޭނުންވާ ފަރުޚާދު (ބޮޑެތި ޖިނާއީ ކުށް ކުރުމުގެ ސަބަބުން ފުލުހުން ވަކި ކުރަން ނިންމި މީހަކު) ޕޮލިސް ކޮމިޝަނަރަށް އައްޔަން ކޮށްފި

ޕޮލިސް ބޯޑުގެ ނިންމުމާއި ޚިލާފަށް ސާޖިދާއާއި އޭނާގެ ކޮއްކޮ އަތީގު ބޭނުންވާ ފަރުޚާދު ޕޮލިސް ކޮމިޝަނަރަށް އައްޔަން ކޮށްފިއެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފް އައްޔަނުކުރަން ޕޮލިސް ބޯޑުން އިއްޔެ ނިންމެވިއެވެ.

މިކަން ބަދަލުކުރީ ސާޖިދާއާއި އޭނާގެ ކޮއްކޮ އަތީގު ބޭނުން ވެގެންނެވެ. ޕޮލިސް ބޯޑުގެ އަސްލު ނިންމުމާއި ޚިލާފަށް ނުފޫޒު ފޯރުވައިގެން ސާޖިދާ ބޭނުން މީހަކު ނެގި އިރު ސާޖިދާ ނަގާފައިވަނީ ފުލުހުންގެ ތެރޭ ހުރި އެންމެ ކޮރަޕްޓު އަދި ބޮޑެތި ޖިނާއީ ކުށްތަކެއް އެމީހެއްގެ މައްޗަށް ކުރެވޭ އާންމުންގެ ނުރުހުން އެމީހެއްގެ މައްޗަށް އިންތިޚާއަށް އޮތް ފަރުޚާދުއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް ޖިނާއީ މައްސަލަތަކުގެ ތެރޭގައި. ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލިކަމުގެ ތުހުމަތާއި، މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.

ފަރުހާދަކީ އޮކްޓޫބަރު 20، 2021 އިން ފެށިގެން ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމައި، އޮކްޓޫބަރު 10، 2021 ގައި ނޯޓިސް ވެސް ފޮނުވި ބޭފުޅެކެވެ. އޭނާގެ އިތުރުން ހަ އޮފިސަރަކު ފުލުހުންގެ ހިދުމަތުން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ނިންމީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑަށް މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.

ފުލުހުންގެ ހިދުމަތުން ފަރުހާދު ވަކިކުރަން ޕޮލިސް ބޯޑުން އޭރު ނިންމީ ވެސް އޭނާގެ މައްޗަށް ކުރެވޭ، ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލަން މަސައްކަތް ކުރި މައްސަލައަށް ރިއާޔަތްކުރުމަށްފަހު އެވެ. ފަރުހާދު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރީ ވެސް މި ސަރުކާރުންނެވެ.