ޚަބަރު

އިންޑިއާގެ ބަޖެޓުން ރާއްޖެއަށް 59 މިލިއަން ޑޮލަރުގެ އެހީ

ރަފްޝާ އަހްމަދު
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް 59 މިލިއަން ޑޮލަރުގެ އެހީ

އަވައްޓެރި އިންޑިއާގެ ކުރިއަށް އޮތް 2026-27 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ރާއްޖެއަށް ދޭ އެހީގެ ގޮތުގައި 550 ކްރޯޑު ރުޕީސް (59 މިލިއަން ޑޮލަރު) ހިމަނައިފިއެވެ.

ކުރިއަށް އޮތް މާލީ އަހަރަށް ލަފާކުރާ އިންޑިއާގެ ދައުލަތުގެ ބަޖެޓު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު، ރާއްޖެއަށް ދޭން ކަނޑައަޅާފައިވާ އެހީގެ އަދަދު ވަނީ މި ހިނގާ މާލީ އަހަރު ދިން އެހީއަށް ވުރެ ކުޑަކޮށްފައެވެ.

މިހާރު މި ހިނގާ 2025-26 އަހަރުގެ ތެރޭ އިންޑިއާ އިން ރާއްޖެއަށް އެހީގެ ގޮތުގައި 625 ކްރޯޑް ރުޕީސް (68 މިލިއަން ޑޮލަރު) ދިނުމަށް ބަޖެޓުކޮށްފައިވެއެވެ. ނަމަވެސް އާ ބަޖެޓުގައި މި އަދަދު ވަނީ ދަށްކޮށްފައެވެ.

  1. ޓްރެއިނިން ޕްރޮގްރާމްތައް: އެކި ގައުމުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކަށް ބަޖެޓުގައި 1,292 ކްރޯޑް ރުޕީސް (140 މިލިއަން ޑޮލަރު) ވަނީ ހިމަނާފައެވެ.
ހިނގަމުންދާ މަޝްރޫއުތައް: އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ މިދިޔަ އަހަރަށް ވުރެ ކުޑަކޮށްފައިވާއިރު، އެ ގައުމުގެ ކްރެޑިޓް ލައިންގެ އެހީގައި ރާއްޖޭގައި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ހިމެނެއެވެ.