ސިނާގެ ގޮނޑި ގެއްލުވާލި ކަމަށް ކޯޓުން ހުކުން ކުރީ ސްޕްރީމް ކޯޓް މިނިވަންކަމަށް ދައްކުމަށެވެ. ކައުންސިލް އިންތިޚާބު ނިމި ސިނާގެ ބޭނުމެއް މިހާރަކު މުއިއްޒަށް ނެތްކަމަށް ނިންމައި އެގޮތަށް އެކަން ނިންމީ އިއްޔެގެ ވަގުތެއްގައި އުމްރާއިން އައިސް އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރުމަށްފަހުއެވެ. ސިނާގެ މައްސަލަ މި ހުރިހާ ދުވަހު ކުރިއަށް ނުގެންގޮސް ބޭއްވުމަށްފަހު ކުއްލިއަކަށް މި ނިންމީވެސް އެހެންވެއެވެ. ރައީސް މުއިއްޒަކީ މަކަރާއި ހީލަތުން ކަންކަން ކުރުމުގައި އަރާ ހުންނެވި ނުބައި ވެރިއެކެވެ.
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ލިބޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. މި އަޑުއެހުން އެ ދުވަހަށް ތާވަލު ކޮށްފައިވަނީ 421 ދުވަހު ކޯޓުގައި ޕާކް ކޮށްފައި ބޭއިންސާފުން ބޭއްވުމަށް ފަހުއެވެ.
ސްޕްރީމް ކޯޓު މިނިވަންކަމަށް ދެއްކުމަށްފަހު ދުސްތޫރީ މައްސަލަ ވަނީ މުއިއްޒު ބޭނުންވާ ގޮތަށް ނިންމައި މުޅި މަޖިލީސް ތަޅުއެޅުވުމަށް ނިންމާފައެވެ.