ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި، އޭނާގެ ޕާޓީ (PTI) އިން ރާވަލްޕިންޑީ (Rawalpindi) އާއި އިސްލާމްއާބާދުގައި ބޭއްވި ބޮޑު މުޒާހަރާއެއް ހޫނުވެ، ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އަސްކަރިއްޔާގެ ބައެއް ސެކިއުރިޓީ ޗެކްޕޯސްޓުތަކަށް ގާ އުކައި، ސަރުކާރުގެ ވެހިކަލްތަކުގައި ހުޅުޖަހާފައެވެ.
ސިފައިންނާއި ފުލުހުން ވަނީ ކަރުނަގޭހާއި ރަބަރު ވަޒަން ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް މަސައްކަތްކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި 200 އަށްވުރެ ގިނަ ސަޕޯޓަރުން ހައްޔަރުކޮށް، އެތައް ބަޔަކު ޒަޚަމްވިއެވެ. ސަރުކާރުން ވަނީ މުޒާހަރާ ހުއްޓުވުމަށްޓަކައި އެ ސަރަހައްދުތަކުން މޮބައިލް އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން މި މަންޒަރުތައް ދައްކާފައިވެއެވެ. ޕާކިސްތާނަކީ ސިޔާސީ ގޮތުން އެއްވެސް ހަމަޖެހުމެއް ނެތް، ޑިމޮކްރެސީގެ އުސޫލުތައް ހީނަރުވެފައިވާ އަދި ދާހިލީ ހަނގުރާމައެއްގެ ކޯޅުންތައް އަބަދުވެސް ހުންނަ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ދަނީ ސިފަވަމުންނެވެ.

