ޚަބަރު

މަނީ ލޯންޑްރިންގް އާއި ޓެރަރިޒަމަށް ފަންޑުކުރުން ޕާކިސްތާނުގައި އިތުރުވަމުން ދާކަމަށް އެފްއޭޓީއެފް ހާމަ ކޮށްފި

އަޒީޒް އާމިރު

2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު، ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (FATF) ގެ ސަރަހައްދީ ބައްދަލުވުމެއްގައި، ޕާކިސްތާނުން މަނީ ލޯންޑްރިންގް (Money Laundering) އާއި ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓުވުމަށް (CFT) އަޅާފައިވާ ފިޔަވަޅުތަކުގެ ތަންފީޒީ ދުވެލި މަޑުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް ބޭންކިންގް ނިޒާމުން ބޭރުން ހިނގާ 'މުއާމަލާތްތައް' ހުއްޓުވުމުގައި ޕާކިސްތާނުން ފެއިލްވެފައިވާކަން ފާހަގަކުރިއެވެ.

އެފްއޭޓީއެފްގެ ރިޕޯޓުގައި ބުނެފައިވަނީ، ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް މަނާކުރެވިފައިވާ ޖަމާއަތްތަކުން ފަންޑު އެއްކުރުމުގެ ހަރަކާތްތައް ސިއްރިއްޔާތުގައި ހިންގަމުންދާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް އިންޒާރު ދިނެވެ.

މި ރިޕޯޓުގެ ސަބަބުން، ޕާކިސްތާނު އަލުން އެފްއޭޓީއެފްގެ "ގްރޭ ލިސްޓް" (Grey List) އަށް ގޮސްދާނެ ކަމުގެ ބިރުވެރިކަން ބައިނަލްއަގުވާމީ ބޭންކުތަކުގައި އުފެދުނެވެ. މީގެ ސަބަބުން ޕާކިސްތާނަކީ މާލީ ނިޒާމު ނާޒުކު، އަދި ޓެރަރިސްޓް ފަންޑިންގްއާ ގުޅުން އޮތް ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މާލީ މާކެޓުގައި ބްލެކްލިސްޓް ވުމާ ގާތަށް ގޮސް، ގައުމުގެ އިގްތިސާދީ އަގު މުޅިން ހަލާކުވެގެން ގޮސްފާނެއެވެ.

މިހާރުވެސް ބައެއް ޤައުމުތަކުގެ ބޭންކުތަކުން ޕާކިސްތާނު ރައްޔިތުންނަށް ލޯނު ދިނުން ފަދަ ކަންކަމުގައި ވަކި އުސޫލުތަކެއް ގެންގުޅެއެވެ.