ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފައްދައިގެން އުޅޭ ރައީސް މުއިއްޒަށް ފާއިތުވި ޖުލައި މަހުގައި ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޯލަރު ވިއްކައިގެން 2 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް ރައީސް މުއިއްޒުގެ އަރިސް ފަރާތަކުން މައުލޫމާތު ދެއްވައިފިއެވެ.
ކަޅުބާޒާރުގައި އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުއިއްޒު އެވެ. އެމަނިކުފާނު ވިއްކާ ޑޮލަރަކީ ކަޓުގެ ގޮތުގައި އެކި ޕްރޮޖެކްޓްތައް ފެށުމުގެ ގޮތުންނާއި، އަދި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތަށް ރާއްޖޭގައި ހުރި ޑޮލަރު ކޮޅު ދީ އެއިން ނަގާ ކަޓުގެ ގޮތުގައެވެ.
މި ޑޮލަރުތައް ރައީސް މުއިއްޒު ރާއްޖޭގެ ބޭންކު ތަކަށް ނުލައެވެ. ޑޮލަރުތައް ރައްކާކޮށްގެން ގެންގުޅެނީ ބޭރު ޤައުމުތަކުގައެވެ.
ޑޮލަރުގެ އަގު ދަށްކުރުމުގެ މަސައްކަތް ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ސަރުކާރަށް ލިބޭހާ ޑޮލަރެއް ވައްކަމަށް ނަގައި ހުސްކުރަނީ ރައީސް މުއިއްޒުއެވެ. ރާއްޖޭގެ ޑޮލަރު ރޭޓު 22ރު ފިޔާއަށް 16.50 އިން އަރުވާލި މީހަކީ ރައީސް މުއިއްޒު އެވެ.
އެކަން ހިނގާދިޔަ އެންމެ ބޮޑު ސަބަބަކީ ރަސްމާލޭގެ ވައްކަމުގެ ޕްރޮޖެކްޓެވެ.

