ޑޮލަރުގެ ކަޅު ބާޒާރުގައި މުއިއްޒު ނޫން މީހަކަށް ޑޮލަރު ނުވިއްކޭ ގޮތަށް ހަދައި، ފުލް ކޮންޓްރޯލް ނަގައިފިއެވެ. ޤާނޫނަށް ގެނައި ބަދަލަކީ ކަޅު ބާޒުރުގައި ޑޮލަރު އާންމުންނަށް ވިއްކޭނެ ގޮތް ހުއްޓުވުމެވެ. ބޭންކަކީ އެއްވެސް އިރެއްގައި އާންމުންނަށް ޑޮލަރު ވިއްކާ ތަނަކަށް ނުވާއިރު، ދެން ޑޮލަރެއް ލިބޭނީ ބިރެއް ނެތި މުއިއްޒުގެ އަމުރަށް ޑޮލަރު ވިއްކަމުންދާ އޭނާގެ އެޖެންޓުންނަށް އެކަންޏެވެ.
މުއިއްޒު އާއި ސާޖިދާ މީގެ ކުރިން ސާޖިދާގެ ބޮޑީގާޑު ލައްވައި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މުއާމަލާތް ކުރަނިކޮށް އެކަން ވަނީ އެތައް ސަތޭކަ އާންމު ރައްޔިތުންގެ ސަމާލު ކަމަށް އައިސްފައެވެ. އޭރު އޭނާ ވަނީ ވައިބަރ ގްރޫޕް ތަކުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާފައެވެ. ބާކީ ވާ ޑޮލަރު ސިންގަޕޫރަށް ގެންގޮސް އެތާގައި މުއިއްޒު ދަނީ ޑޮލަރު ރައްކާ ކުރަމުންނެވެ.
ޑޮލަރުގެ ދަތިކަން ރާއްޖެއަށް ކުރިމަތި ވެފައިވަނީ މައިގަނޑު ދެކަމެއްގެ ސަބަބުންނެވެ. އެއްކަމަކީ ރައީސް މުއިއްޒު ފުށި ދިއްގަރުފަޅު ފަދަ ވައްކަމަށް ހިންގާ ޕްރޮޖެކްޓްތަކަށް ގިނަ އަދަދެއްްގެ ޑޮލަރު ދީ، އެދޭ ޑޮލަރުގެ 1/2 ބައި ކަޓުގެ ގޮތުގައި ނަގަމުންދާތީއެވެ. ދެވަނަ ކަމަކީ ސަރުކާރު ކުންފުނިތަކަށް ލިބޭ ޑޮލަރު ބޭންކަށް ނުލައި، ރައީސް މުއިއްޒުގެ ޑޮލަރު ވިޔަފާރިއަށް ގަންނަމުންދާތީއެވެ.
ބޭންކުން ޑޮލަރު ޓީޓީ އާއި އެލްސީއިން ބޭރަށް ފައިސާ ދެއްކިޔަސް އާންމު ބޭނުންތަކަށް ޑޮލަރު ނުވިއްކައެވެ. އެއީ ބޭންކުން އެއްވެސް އިރަކު ކުރި ކަމެއް ކަމުގައި ނުވާއިރު، ބޭންކުތަކުން ޑޮލަރުން މަދު މިންވަރަކަށް ނޫނީ މުއާމަލާތެއް މިހާރު ނުކުރެވެއެވެ.
ޑޮލަރު މާރުކުރާ އަގު ނުޖެހޭނެ ކަމަށް ޤާނޫނުން ކަންޑައަޅައިގެން ޑޮލަރުގެ އަގު އިތުރަށް ބޮޑު ކުރަމުން މުއިއްޒު ދަނީ ގަސްތުގައި ބޮޑު ފައިދާއެއް ކަޅު ބާޒާރުގައި ޑޮލަރު ވިއްކައިގެން ހޯދުމަށެވެ. އެހެން މީހުންނަށް ޑޮލަރު މާރުކުރެވުން މަނާކޮށް، ޑޮލަރުގެ އަގު އިތުރަށް ބޮޑުކޮށްގެން ކޮންމެ ދުވަހަކު ފައިދާގެ ގޮތުގައި 3 މިލިއަން ރުފިޔާ މުއިއްޒު ކުރިއަށް އޮތް ހަފްތާގައި ނަގާނެ ކަމަށް ބެލެވެއެވެ.

