ޚަބަރު

އެސްއޯއީތަކުން ނަގާ ކޮރަޕްޝަންގެ ފައިސާއިން މުއިއްޒުއަށް ބައި ނާޅައިގެން، އަލީ އާރިފް މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ދިނުމުން އިސްތިއުފާ ދެއްވައިފި

އަޒީޒް އާމިރު
އެސްއޯއީތަކުން ނަގާ ކޮރަޕްޝަންގެ ފައިސާއިން މުއިއްޒުއަށް ބައި ނާޅައިގެން، އަލީ އާރިފް މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ދިނުމުން އިސްތިއުފާ ދެއްވައިފި

މުއިއްޒުގެ އެންގުމަށް އެސްއޯއީތަކުން ނަގަމުންދާ ކޮރަޕްޝަންގެ ފައިސާއިން މުއިއްޒުއަށް އަޅަންޖެހޭ ބަޔަަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުކޮށް ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް މިއަދު މަގާމުން ވަކި ކޮށްފިއެވެ. އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވީ އޭނާ އިސްތިއުފާ ދިނުމަށް މުއިއްޒު އެންގުމުންނެވެ.

ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވިކަން ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކޮށް، އިސްތިއުފާ ދެއްވުމަށް އަންގަވާފައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެންނެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) އިސްވެރިންގެ އަތުން ރައީސް މުޢިއްޒަށް ކަމަށް ބުނެ އަލީ އާރިފް ފައިސާ ނަންގަވައި، ނަމަވެސް އެ ފައިސާ ރައީސާ ހަވާލުކުރައްވާފައި ނުވާކަން ރައީސް މުޢިއްޒަށް އެނގިވަޑައިގަތުމާ ގުޅިގެން އޭނާ މަގާމުން ދުރުކުރެއްވީކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް މުޢިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ އާރިފަކީ މި ސަރުކާރުގައި މިނިސްޓަރު ފެންވަރުގެ މަގާމަކުން ވަކިވެވަޑައިގަތް ފުރަތަމަ ބޭފުޅާއެވެ. އޭނާ މަގާމުން ވަކިކޮށްފައި މިވަނީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.