ޚަބަރު

އާންމު ރައްޔިތުންގެ އެތައް ބައެއްގެ ކިޔު ލަސް ވަމުންދާތީ ސައުދީ އިން އިތުރަށް ދިން 30 ކޯޓާގައި ޝޭޚު ލަތީފުގެ 3 ދަރިން ފަސްޓްކުލާހުގައި ހައްޖަށް

އަޒީޒް އާމިރު
އާންމު ރައްޔިތުންގެ އެތައް ބައެއްގެ ކިޔު ލަސް ވަމުންދާތީ ސައުދީ އިން އިތުރަށް ދިން 30 ކޯޓާގައި ޝޭޚު ލަތީފުގެ 3 ދަރިން ފަސްޓްކުލާހުގައި ހައްޖަށް

އާންމު ރައްޔިތުންގެ އެތައް ބައެއްގެ ކިޔު ލަސް ވަމުންދާތީ ސައުދީ އިން އިތުރަށް ދިން 30 ކޯޓާގައި ޝޭޚު ލަތީފުގެ ތިން ދަރިން ހައްޖަށް ގޮސްފިއެވެ. އިސްލާމް ދީނުގައި މި ގޮތަށް ބައެއްގެ ޚައްޤަށް އަރައި ގަތުމަކީ ކުށަކަށް ވާއިރު، މިނިސްޓަރެއްގެ މުސާރާގައި އެ ފެންވަރުގައި އިސްލާމީ މަރުކަޒަށް އިމާމަކަށް އައްން ކޮށްފައިވާ ޝެއިޚް ލަތީފަކީ ސާޖިދާގެ ބޮޑުބޭބެއެވެ.

ސަލްމާން މުހައްމަދު ލަތީފް އާއި ސަޖްވާ މުހައްމަދު ލަތީފް ހައްޖަށް ދިޔުމަށް ފުރާފައި ވަނީ އެކީ ގައެވެ. މި ދެބެއިންނަށް މަރުހަބާ ދަންނަވައި، އެއަޕޯޓަށް ބަލައި ދިޔުމާއި، ފުރުވަން ދިޔުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަ ޖައްސައި ހައްޖު ކޯޕަރޭޝަންގެ އިސް ފަރާތްތައް ބައިވެރި ވިއެވެ. މިގޮތުން މި ދެބެއިން ރިސީވް ކުރުމަށް ދައުލަތުގެ ޚަރަދުގައި ހައްޖު ކޯޕަރޭޝަނުން ވަނީ އިއްޒުއްދީން އަދުނާން ކިޔާ މީހަކު ގޮސްފައެވެ.

ސުލައިމް މުހައްމަދު ލަތީފް ހައްޖަށް ފުރާފައި ވަނީ ވަކިންނެވެ. އޭނާ ފުރުވަން ހައްޖު ކޯޕަރޭޝަންގެ ޑެޕުުޓީ އެމްޑީ އަލީ ޝަރީފް ދައުލަތުގެ ޚަރަދުގައި ގޮސްފައި ވެއެވެ.

މީގެ އިތުރުންވެސް މުއިއްޒު އާއި ސާޖިދާގެ އާއިލާގެ އަރިސް ފަރާތްތައް ކިޔުގައި ތިބި މީހުންގެ ހައްޖުގެ ހައްޤަށް އަރައިގަނެގެން ވަނީ ހައްޖު ކޮށްފައެވެ.

އިސްލާމް ދީނުގައި ވެރިކަން ކުރާ އާއިލާގެ މީހުންނަށް ހައްޖަށް ދިޔުމަށް ކިޔު ފެޅުމެއް ނޯވެއެވެ. އަދި އެއީ ބޮޑު ވެގެންވާ ފާފައެކެވެ. މިކަމުގެ ވާހަކަ ކޮންމެ ހައްޖަކާއި ދިމާކޮށް ދައްކަމުން ދާއިރު، އަދި ރައްޔިތުންގެ ނުރުން މިކަމާއި ގުޅިގެން އިންތިހާއަށް އޮތް އިރު، ސަރުކާރުން ހަމަ މި ބޭއިންސާފާއި މެދު ކުޑަވެސް ފަރުވާލެއް ނެތެވެ. މީހުންގެ ޚައްޤަށް މިފަދައި އަރައި ގަތުމަކީ އެމީހެއްްގެ ކައިރިން މެނުވީ ނުފުއްސަވާ ފާފައެއް ގޮތުގައި ދީނުގައިވެއެވެ. އަދި މާތް މަތިވެރި އަޅުކަމަކުން އަނެއް މުސްލިމު މީހާ މަޚުރޫމު ކޮށް ބާރާއި ނުފޫޒާއި ނުބައިކަން ދައްކައިގެން ހައްޖު ކުރުމެއް އިސްލާމް ދީނުގައި ނޯވެއެވެ. މާތް ރަސްކަލާންގެ މިފަދަ އަނިޔާރިންގެ ޚައްޖު ގަބުލު ނުކުރައްވާތޯ ދުވާ ކުރައްވާށެވެ.

މުއިއްޒުގެ ސަރުކާރުން ވަނީ ހައްޖުގެ އަޅުކަން ސިޔާސީ ހަތިޔާރަކަށް ހަދައި އެތައް ބަޔަކަށް އަނިޔާވެރި ވެފައެވެ. މިދިޔަ އަހަރު ހައްޖަށް ދިޔުމަށް ކިޔުގައި ތިބި ފަރާތްތައް، ހައްޖު ކިޔު އިން މުއިއްޒު ވައްކަން ކޮށްގެން މިހާރު ވަނީ 2035 އާއި 2030 މެދަށް ހަމައަށް ލަސްކޮށްފައެވެ. މާތްﷲ ދީނުގައި އޮތް އެންމެ ބޮޑު އެއް އަޅުކަމުން މީހުން މަހުރޫމްކޮށް އެއިން ވައްކަން ކުރާނީ ނުބައިކަން އިންތިޚާއަށް ބޮޑު އަނިޔާވެރިންނެވެ. މުއިއްޒުގެ މި އަނިޔާވެރިކަމާއި ބޭއިންސާފު ސަލަފުން އަދި ރާއްޖޭގެ އެއްވެސް އިލްމު ވެރިއަކު ކުށްވެރި ކޮށްފައެއް ނުވެއެވެ.